މޮލައިސް – ތަފާތުވާނެ

DSCN8175.jpg

މޮލައިސް ފިހާރަ -- އީވީ ފޮޓޯ :ގައްޔޫމް

އޭދަފުށީގެ މަޝްހޫރު ގާމެންޓް ފިހާރަ، ޖަސްޓްކިއުޓްގެ ކުޑައިގެ ދަށުން މިހާރު ފެންނަން އެހެރީ މޮލައިސް އެވެ. ޖަސްޓްކިއުޓް ފިހާރައަކީ ފަހުގެ ފެޝަންތައް ތައާރަފް ކުރުމާއި ރީތިވެލުމަށް ބޭނުންވާ ގިނަ ބާވަތްތައް ވިއްކުމުގައި އެންމެ އިތުބާރު ބޮޑު ފިހާރަ ކަމުގައި ގަބޫލު ކުރެވިފައިވެއެވެ.

މިހާރު އެދުވަސް ހިނގައްޖެއެވެ. އޭގެ ބަދަލުގައި ޒުވާން ވިޔަފާރިވެރިޔާ އަސްލަމް މިހާރު ހިންގަމުން އެގެންދަނީ ފަހުގެ ބްރޭންޑްތަކުގެ ގާމެންޓްސް ތައާރަފްކޮށް އެކަށީގެންވާ އަގުގައި ވިއްކުމުގެ ގޮތުން ހުޅުވާފައިވާ މޮލައިސް އެވެ. ޖަސްޓްކިއުޓްގެ ކޮންސެޕްޓާ އެއްގޮތަށް ފަހުގެ ބްރޭންޑްތަކުގެ ފެޝަންތައް ތައާރަފްކޮށް ޒުވާނުންނަށް ފޯރު ކޮށްދިނުމުގައި އަސްލަމްގެ މޮލައިސް އުޅެނީ ވަރަށް ކުރީގައެވެ. ފިހާރައިން ލިބެން ހުރި ތަކެތީގެ ތެރޭގައި އަންހެން ކުދިން ފަރިވެލުމަށް ބޭނުންކުރާ އެކި ވައްތަރުގެ ބޮޑީސްޕްރޭއާއި ހޭންޑްބޭގްއާއި ސައިޑްބޭގްވެސް އިތުރު ކޮށްލާނަމެވެ.

މޮލައިސް އަށް ވަދެލުމާއެކުވެސް މިއީ އާދައިގެ ފިހާރައެއް ނޫންކަން އިހުސާސް ކުރެވޭނެއެވެ. އެއް ކަމަކީ ތަނުގެ ތަނަވަސް ކަމާއެކު ކަސްޓަމަރުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ކޮންމެ އައިޓަމެއްވެސް ތަރުތީބު ވެފައި ހުރުމެވެ. ހަމަ އެއާއެކު އެއްްޗެތީގެ ތައާރަފް ދިނުމަށް ތަނުގެ މުވައްޒަފަކު އައިސް ކަސްޓަމަރ އަށް މަރުހަބާ ކިއުމުވެ.

މޮލައިސްގެ ތަފާތަކީ ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް ފަހުގެ ބްރޭންޑްތަކުގެ ފެޝަންތައް ތައާރަފްކުރުމުގައި މި ފިހާރަ ފަހަށް ޖައްސައިލެވޭނެ އެހެން ތަނެއް ނުހުރުމެވެ. މޮލައިސްގެ ތަފާތަކީ އޮރިޖިނަލް ބްރޭންޑްތަކާއެކު އެ ޔަގީންކަން ކަސްޓަމަރއަށް އޮތުމެވެ.

“މިތަނުގައި ހުންނާނީ އޮރިޖިނަލް ބްރޭންޑްތައް. އެގޮތުން ކްއިކްސިލްވަރ، ޓީބީ ވައި އަދި ވޮލްކޮމްގެ އިތުރުން ބިލަބޮންގ ފަދަ ކިތަންމެ ބްރޭންޑްތަކެއްގެ ފަޓްލޫނާއި ގަމީހާއި ޓީޝާޓް ތައް މިހިރީ. މީގެ އިތުރުން ކުޑަކުދިންގެ ގަމީހާ ފަޓްލޫނުވެސް ހުންނާނެ. “މޮލައިސްގެ މެނޭޖަރ އިހުސާން ، އަންނައުނުތައް ދައްކާލަމުން ބުންޏެވެ.

އޭނާ ބުނަނީ މޮލައިސްއިން ގަންނަ ކޮންމެ މުދަލަކީވެސް އިތުބާރު އޮތް އަދި އަގާ އެކަށީގެންވާ އެއްޗެއް ކަމުގެ ޔަގީންކަން ކަސްޓަމަރއަށް އޮތުމަކީ އެންމެ ބޮޑު އުފާ ކަމުގައެވެ.

ކުޑައީދު އައުމަށް މަދު ދުވަސް ކޮޅަކަށް ވެފައިވާ އިރު އީދާ ދިމާކޮށް އެތަނުގައި ވަނީ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަންފަށާފައެވެ. އެގޮތުން 5 އިންސައްތައިން ފެށިގެން 50 އިންސައްްތަ އާދެމެދުގެ ޑިސްކައުންޓް މި ޕްރޮމޯޝަނުގައި ލިބޭގޮތަށް ވަނީ ހަމަ ޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top