ފުޅަދުއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށަނީ

Maldivian-seaplane.jpg

ބ. ފުޅަދުއަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ޝެޑިއުލް ސީޕްލޭން ދަތުރުތަކެއް މާދަމާ ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުޅަދުއަށް ޝެޑިއުލް ސީޕްލޭން ދަތުރުތަކެއް ފަށާނީ މާދަމާ ކަމަށާއި އެ ދަތުރުތައް ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށެވެ. އަދި ފުޅަދުއަށް ދަތުރުތައް ކުރަން ނިންމާފައިވަނީ ބ. އަތޮޅުގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ފުޅަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ އުފާކުރާ ކަމެއް ކަމަށާއި އެ އިސްނެގުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި، އިތުރު މީހުން އެ މަންޒިލުތަކަށް ޒިޔާރަތްކުރުމަށް ޝައުގުވެރިކަން އުފެއްދުމަށް މޯލްޑިވިއަނުން ގެންގުޅޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މޯލްޑިވިއަނުން މިއަހަރުގެ ބޮޑު އީދު ޗުއްޓީއާ ދިމާކޮށް ވެސް ފުޅަދުއަށް ސީޕްލޭން ދަތުރުތަކެއް ބޭއްވި އެވެ. އެފަހަރު ވަނީ ހަތަރު ދުވަހަކު ދަތުރުތައް ބާއްވައިފައެވެ. ފުޅަދޫ އެކޭ އެއްފަދައިން އެރަށާ އެއްފަޅުގައި އޮންނަ ފެހެންދުއާއި ގޮއިދޫ އަކީ ވެސް ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށްތަކެކެވެ.

ބ. އަތޮޅަކީ ރާއްޖޭގެ މަޝްހޫރު މަންޓާ ޕޮއިންޓް، “ހަނިފަރު ބޭ” ވެސް އޮންނަ އަތޮޅެވެ. އެހެންކަމުން މަންޓާތަކާ އެކު ފީނާލުމުގެ ތަޖުރިބާ ކޮށްލުމަށާއި ބ. އަތޮޅުގެ ގުދުރަތީ ރީތި މަންޒަރުތައް މަތިން ބަލައިލަން މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top