ކޮވިޑް-19: ކުރިން ބަލިޖެހިފައިވާ ދުވަސްވީ މިހުންނަށް ނުރައްކާ ބޮޑުވެދާނެ – ޑރ.ނިޔާފް

139832-3-e33c38f6da954d4b724bd689679ec162c59c426a-large-876x576.jpg

ޑރ. ނިޔާފް ---ފޮޓޯ : މިހާރު

ކޮވިޑް19 ކުރިން ޖެހިފައިވާ މީހަކަށް އަލުން މި ބަލި ޖެހިއްޖެ ނަމަ ނުރައްކާ ބޮޑުވެދާނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.

ޑރ. ނިޔާފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ކޮވިޑް ޖެހި ރަނގަޅުވެފައިވާ އުމުރުން ދުވަސްވީ މީހުންނާއި ރާއްޖެއަށް ދިމާވި ކޮވިޑްގެ ފުރަތަމަ އަދި ދެވަނަ ރާޅުން ސަލާމަތްވި އުމުރުން ދުވަސްވީ މީހުންގެ ފުއްޕާމޭ އަދި މުޅިން ރަނގަޅުވެފައި ނުވާނެ ކަމަށެވެ. އަދި އެމީހުންގެ ފުއްޕާމޭ ކޮވިޑް ޖެހުމުގެ ކުރިން ހުރި ގޮތަށް އަދި އިޔާދަނުވާނެތީވެ އެމީހުންގެ ދިފާއީ ނިޒާމު ކުރިއަށްވުރެ ބަލިކަށިވާނޭ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

“ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ތިންވަނަ ރާޅުގައި އެމީހުންނަށް (ކުރިން ބަލިޖެހުނު އުމުރުން ދުވަސްވީ މީހުންނަށް) ބަލީގެ އަސަރު މާބޮޑަށް ކުރާނެ، އެއީ އިންތިހާއަށް ބިރުގަންނަންޖެހޭ ކަމެއް.” ޑރ. އަލީ ނިޔާފް ވިދާޅުވިއެވެ.

ރާއްޖެއިން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 735 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ބަލީގެ ނުރައްކާތެރިކަން ވަނީ ބޮޑުވެފައެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 540 މީހަކު ހިމެނެއެވެ. އަދި އަތޮޅު ތަކުން 186 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެ ސިނާއީ ރަށްތަކުން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިޔު އިއުލާން ކުރުމަށް ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top