ތިމާވެށި މިނިސްޓަރަކަށް ޝައުނާ، ފިޝަރީޒް އަށް ޑރ. ހުސެން

file_xzxnr2.jpg

ތިމާވެށި މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ބަދަލުކޮށް އެ މިނިސްޓްރީގެ ވަޒީރު ކަމަށް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާ ހަމަޖައްސަވައި އެންވަޔަރަން މިނިސްޓަރު ކަމުގެ މަގާމުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރު ކަމަށް ބަދަލު ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބަދަލު ކުރެއްވީ މިއަދުއެވެ. 

މި ބަދަލާއެކު ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި އެމްއާރްއެމް ގެ ޒަހާ ވަހީދަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެކަމަކު އެކަމަނާ އަދި އެކަމަށް އާނ ބަސް ވިދާޅުވެފައި ނުވާކަމަށާ ވިސްނަވަމުން ދާކަމަށް ރައީސް އޮފީހުންބުނެއެވެ. 
ރައީސް އޮފީހުން ބުނީ ބަދަލާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކަމަށެވެ.

އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގައި ތިބި މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް ޝައުނާ އައްޔަން ކުރެއްވުމާ ގުޅިގެން ހުސްވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އަހުމަދު ހަމްދާން ވަނީ ހަމަޖައްސަވައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top