ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

Police-recruite-Police-vazeefa-1140x570-1.jpg

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ 4:00 ނިލަޔަށް މި މަގާމަށް ވަންނަން ފޯމު ހުށަހެޅޭނެ އެވެ.

ފުލުހުންގެ ވަޒީފާއަށް ވަދެވޭނީ އެސްއެސްސީ އިމްތިހާނު ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ތިން މާއްދާއިން ދަށްވެގެން ”ސީ“ ފާސް އޮތް ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތް މީހުންނަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާނަމަ ވެސް ކުރިމަތި ލެވެ އެވެ.

ޝަރުތުތައް ހަމަވާ މީހަކީ ފިރިހެނަކު ނަމަ، އިސްކޮޅުން ފަސް ފޫޓް ތިން އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން ފަސް ފޫޓް ހަމަވާން ޖެހެ އެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ވަޒީފާއަށް މީހުން ހޮވުމުގައި މި ޓެސްޓުތަކުން ފާސްވާން ޖެހޭނެ އެވެ. 

ވަޒީފާއަށް މީހުން ނެގުމުގައި ދެވޭނެ އެސެސްމެންޓުތައް:

  • ބެކްގްރައުންޑް އެސެސްމެންޓް
  • ފިޒިކަލް ފިޓްނަސް އެސެސްމަންޓް
  • ފެތުމުގެ އެސެސްމަންޓް
  • އެޕްޓިޓިއުޑް ޓެސްޓް
  • އިންޓަވިއު
  • ޕޮލިގްރަފީ ޓެސްޓް
  • މެޑިކަލް އެގްޒަމިނޭޝަން

މި ވަޒީފާއަށް ކުރިމަތިލާ މީހަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ކޮންމެ ތަނެއްގައި މަސައްކަތް ކުރެވޭނެ މީހަކަށް ވާން ޖެހެއެވެ.

ޕޮލިސް ކޮންސްޓެބަލެއްގެ މުސާރައަކީ ޖުމުލަ 11،810 ރުފިޔާ އެވެ.

މި ވަޒީފާއަށް ރެކްރޫޓްކުރެވޭ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަވުމުން، ސާވިސް އެލަވަންސް، ނޮން ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް އަދި ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ އެވެ.

ފޯމު ހުށަހަޅަން ޖެހޭނީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ހުންނަ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top