ނުކުޅެދޭ މީހުންގެ މާލީ އިނާޔަތް ވަރަށް އަވަހަށް ހާމަ ކުރާނަން : ރައީސް

273593-8195c745-c-1536x1024-1.jpg

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ދޭ މާލީ އިނާޔަތްތައް ވަރަށް އަވަހަށް ހާމ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ، ރ. އަލިފުށީ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްސަރުކާރުން ކުރިއަށް އެބަ ދާ ގެންދާކަމަށާއި ތެރަޕިއުޓިކް ފަރުވާއަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްވެސް މެދުކެނޑުމެއްނެތި މިހާރު ކުރިއަށްދާ ކަމަށެވެ.

މިޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ފުއްދައިދީ، އެމީހުންގެ ހައްގުތައް ލިބިދެވޭނެ އިންތިޒާމުތަކެއް ދައުލަތުގެ ފަރާތުން ހަމަޖައްސައިދިނުމަކީ، ހަމައެކަނި އިޖުތިމާއީ އަދާލަތާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. އެއީ މުޅި މުޖްތަމައުއަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވިއެވެ.

“ސަބަބަކީ، ދައުލަތުގެ ފަރާތުން ހަމަޖައްސާ އެފަދަ އިންތިޒާމުތަކާއި، ކަނޑައަޅާ އުސޫލުތައް، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކި ގޮތްގޮތުން ވެދޭ އެހީތެރިކަމަކީ، ހަމަ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ފަރުދުންނަށްޓަކައި ކުރެވޭ ކަމަކަށްވާތީ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަން ހުރި ނަމަވެސް އެއީ މުޅިން ނުކުޅެދޭ މީހެއް ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އެފަދަ ކޮންމެ މީހެއްގެ ކިބައިގައިވެސް، މުޅި މުޖުތަމައުގެ މަސްލަހަތާ ގުޅިފައިވާ އެހެން ކުޅެދުންތެރިކަމެއް ހުރެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހިކޮށްދޭން ޖެހޭ އެންމެ މުހިންމު ކަމަކީ އެ މީހެއްގެ ހާލަތަށް ރިއާޔަތްކޮށް ދޭން ޖެހޭ ޚިދުމަތްތައް އެމީހަކު ދިރިއުޅޭ ވެށިން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމެވެ.

އެ ޚިދުމަތް ދިނުމަށްޓަކައި، މިހާތަނަށް ހަތަރު އަތޮޅެއްގައި، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައިގެން ހިދުމަތް ދެވޭނެ މީހުން ތަމްރީނު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top