މުދިމަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި

23-2.jpg

ތ.ދިޔަމިނގިލި

ތ.އަތޮޅު ދިޔަމިގިލީ މިސްކިތުގެ މުދިމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މައުލުމާތު ހާމަކުރަމުން ފުލުހުން ވިދާޅުވީ ދިޔަމިގިލީގައި މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ. އޭނާ އަށް ހަމަލާ ދިނީ ކޮންއެއްޗަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިޔަމިގިލީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ޒަހަމްވެފައިވާ މީހާގެ ކަރަށާއި ބުރަކައްޓަށް ވަޅިއަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ 11 ތަނަކަށްވެސް ވަޅިން ހަމަލާދީފައިވާ ކަމަށާއި ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށެވެ.

އޭނާއަށް ހަމަލާ ދިނީ ގާތް އެކުވެރިއެއް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ނަމަވެސް ހަމަލާދިނީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

އަނިޔާ ލިބުނު ދިވެހި ފިރިހެން މީހާއަށް ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ. އިތުރު ފަރުވާއަށް މުދިމު ލ.އަތޮޅަށް ގެންދިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top