ނަފްސާނީ ބަލީގެ ފަރުވާއަށް ޑޮކްޓަރުންނަށް ދެއްކުމަށް ވެއިޓިން ލިސްޓުގައި 3000

0Rt0cdzzUIFBCDeJLyvD.jpg

ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓުގައި ތިބި މީހުންގެ އަދަދު 3،000 އަށް އަރައިފި އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މައުލޫމާތު ދެއްވިގޮތުގައި މިވަގުތު 3،000 އަށް ވުރެ ގިނަ މީހުން  ސައިކޭޓްރިސްޓުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ނަގާފައިވެ އެވެ. އަދި ވެއިޓިން ލިސްޓު ހުސްވެ ދެން ޑޮކްޓަކަށް ދެއްކޭނީ އެއް އަހަރު ދުވަސް ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޖްގައި މިވަގުތު ނަފްސާނީ ބައްޔަށް ފަރުވާކުރާ މީހުން ބަލަން ތިބީ ފަސް ޑޮކްޓަރުން ކަމަށާއި އެ ހޮސްޕިޓަލުގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ސައިކޮލޮޖިސްޓުންނަށް ދެއްކޭނީ ސައިކޭޓްރިސްޓުންނަށް ދެއްކުމަށް ފަހުގައި ކަމަށެވެ. ސައިކޮލޮޖިސްޓުންގެ ހިދުމަތް ދޭން ހުންނެވީ ވެސް އެ ޑޮކްޓަރުން ކަން ފާހަގަކޮށް އޭނާ ވަނީ ސައިކޮލޮޖިސްޓަކަށް ދެއްކޭނީ ވެސް އެއް އަހަރު ދުވަސް ފަހުން ކަމަށް ބުނެފަ އެވެ.

ރައީސް އޮފީހުން އާންމުކުރި ބަޔާނެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގައި، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް، ރާއްޖޭގައި އެކަށީގެންވާ ނިޒާމެއް ނެތުމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުން ފަރާތުން އައިސްފައިވާކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް 2019 އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އާސަންދައިގެ ޒަރިއްޔާއިން ނަފްސާނީ ބަލިތަކާއި އަދި އެކަމާއި ގުޅުންހުރި ކަންކަމަށް ޚިދުމަތް ލިބޭނެ އިންތިޒާމެއް އެކުލަވާލުމަށް ހިމަނާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top