164 ބައިވެރިންނާއެކު ”އޭދަފުށީ ކައުންސިލުގެ ގުރުއާން މުބާރާތް 1444“ ފަށައިފި

viber_image_2022-09-01_20-38-14-205.jpg

164 ބައިވެރިންނާއެކު އޭދަފުށީ ކައުންސިލުގެ ”1444ވަނަ އަހަރުގެ ގުރުއާން މުބާރާތް“ މިއަދު ހަވީރު ފަށައިފި އެވެ.

މިމުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ މަލްޓިޕާޕަސް އިމާރާތުގެ ޖަލްސާ ކުރާ މާލަމުގައެވެ.

ރަށު ކައުންސިލުން ބުނީ މުބާރާތް މިއަދުން ފެށިގެން މި މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުން އޮންނާނީ މިމަހުގެ 3ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު މަލްޓި ޕާޕަސް ހޯލުގައެވެ.

މުބާރާތް ކުރިއަށްދަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ބަލައިގެންނާއި ނުބަލާ ކިޔެވުން ހިމަނައިގެންނެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ކީރިތި ގުރުއާން ކިޔެވުމުގެ ރޫހު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުމަށާއި މީހުންގެ ހިތްތަކުގައި ލޯބި ޖެއްސުން ކަމަށް ކައުންސިލުން ބުންޏެވެ.

މިމުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ މާލޭގެ މަޝްހޫރު 3 ޝައިޚުންނެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top