”އިންޑިއާ އައުޓު“ ހުއްޓުވާ ބިލު ހުށަހެޅީ ބޭރު ގައުމެއް ނުފޫޒު ފޯރުވައިގެން : އަލީ ހުސެއިން

big_Nmk53eJ5Blqdr8Q0SesRwE1cV.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން--ފޮޓޯ :މަޖިލިސް އިދާރާ

އިންޑިއާ އައުޓް ހުއްޓުވާ ބިލު ހުށައެޅީ ބޭރު ގައުމަކުން ނުފުޒު ފޯރުވައި ޕްރެޝަރު ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އެމްޕީ. އަލީ މިހެން ވިދާޅުވީ އިންޑިއާ އައުޓު ގޮވުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލަށް ބަހުސް ކުރައްވަން ފައްޓަވަމުން ނެވެ.

އޭނާ ވިދާޅުވީ އިންޑިއާ އައުޓް ގޮވުމަކީ ޖަލު ހުކުމެއް އަންނަ ވަރުގެ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުން ބިލު ހުށައެޅީ ބޭރު ގައުމެއްގެ ނުފޫޒުން ކަމަށާއި އެހެންވެ މި ބިލު މަޖިލީހުން ބޭރުކުރަން ޖެހޭ ކަމަށެވެ.

އަލީ ވިދާޅުވީ އެ ބިލުގައިވާ ކަންތައްތަކުގެ ސަބަބުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ކަމަށެވެ. އަދި މަޖިލީހަށް ހުށައަޅާފައިވާ އެ ބިލަކީ ގާނޫނު އަސާސީއާއި ތައާރަޒު ވާ ބިލެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން މިއަދު ނިންމަން ވީ ތޯ އެހެން މީހެއްގެ އެހެން ގައުމެއްގެ ރައްޔިތުންގެ ހިތުގައި ކިރިޔާ ނަފްރަތެއް އުފެދޭކަހަލަ އެއްވެސް ވާހަކައެއް ދެއްކުމާއި އެފަދަ ޚިޔާލެއް ފާޅުކުރުމަކީ، މި ކަހަލަ އެއްވެސް ކަމެއް ކުރުމަކީ އެއީ މަނާކަމެއްގެ ގޮތުގައި؟” އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާ އައުޓު ހުއްޓުވުމަށް ހުށައެޅި ބިލަކީ ޚާރިޖީ މަސްލަހަތު ހިމާޔަތްކުރުމުގެ “ހެޔޮ ނިޔަތުގައި” ހުށައަޅާފައިވާ ބިލެއް ނޫންކަމުގައެވެ.

އަދި ގާނޫނީ އަސާސީއިން ލިއްބައިދީފައިވާ ޚިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭގޮތަށް، އެ ބިލު މަޖިލީހުން ފާސްކޮށްފިނަމަ، އެކަމުގެ ސަބަބުން ފަހުން ލިބޭނެ ގެއްލުންތައް މާ ބޮޑުވާނެކަން އަލީ ފާހަގަ ކުރެއްވި އެވެ.

އެގޮތުން މާދަމާ ސިޔާސީ ވާދަވެރިންގެ ގޮތުގައި މަގުމަތީގައި ތިބެންޖެހޭނީ ކޮންބައެއްކަން ނޭނގޭއިރު، އެ ބިލުގެ ސަބަބުން ފަހުން އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނީ މީގެ ކުރިން ޚާރިޖީ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުކީ، އަދި ފ. އަތޮޅު ވިއްކާލުމާއި ދެކޮޅަށް އަޑުއުފުލާ، ޗައިނާ ފަދަ ގައުމުތަކަށްވެސް ފާޑިކުޔަމުން ދިޔަ އެމްޑީޕީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިލަކީ ރާއްޖެއާއި ޚާރިޖީ ގުޅުން އޮންނަ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކޮންމެހެން މުހިންމު ބިލެއްކަމަށް ބައެއް މެމްބަރުން ފާހަގަކޮށްފައިވާއިރު، އެ ބިލުގެ ސަބަބުން ދުލާއި ގަލަމުގެ މިނިވަންކަމަށް ހުރަސްއެޅޭކަން ފާހަގަކޮށް ގިނަ މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top