ދެހާސްރުފިޔާގެ ފީއަށް ފިހާރަތަކާއި ސައިހޮޓާތައް 24ގަޑިއިރުގެ ވިޔަފާރިއަށް ހުޅުވާލައިފި

DSCN2179.jpg

ވަކި ޝަރުތު ތަކަކާއެކު 2000ރުފިޔާގެ ފީއެއްވެސް ނަގާގޮތަށް ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޫކުރަން މިނިސްޓްރީ އިން މިއަދު ހުޅުވާލައިފި އެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައިހޮޓޯ، ކެފޭ އަދި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދަށް މިނިސްޓްރީއިން އިސްލާހު ގެނެސް މިއަދު ގެޒެޓް ކޮށްފައިވާ އިސްލާހުތަކުގައިވާ ގޮތުގައި، ފިހާރަތަކާއި ރެސްޓޯރަންޓް އަދި ކެފޭތަކަށް 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ކުރުމުންނެވެ. އެގޮތުން، 24 ގަނޑިއިރަށް ވިޔަފާރި ކުރުމަށް ހުއްދަ ދޭނީ، އެތަނެއް ބޭރުން ބަލާއިރު ބޭރަށް ސާފުކޮށް ފެންނާނެ ގޮތަށް އަލިކޮށްފައި ހުންނަ ތަންތަނަށާއި 24 ގަޑިއިރު ސީސީޓީވީ އޮޕަރޭޓް ކުރާ ތަންތަނަށެވެ. މީގެ އިތުރުން 24 ގަޑިއިރު ހިދުމަތް ދޭ ކެފޭ، ރެސްޓޯރަންޓް ހޮޓާތަކުގައި މެންދަމު، 1:00 އިން ފަތިހު 4:30 ދެމެދު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެއެވެ.

މި ގަވާއިދުގައި ވާގޮތުން 24 ގަޑިއިރުގެ ވިޔަފާރިއަށް ހުއްދަ ދޫކުރަން އެދެން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމެއް ރަށްރަށުގެ ކައުންސިލްތަކަށް، ނޫނީ ސިޓީތަކުގައި ސިޓީ ކައުންސިލްތަކަށް ލައިގެން ނެވެ. ނުވަތަ އެކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެކަމަށް އެދި ހުށަހެޅިދާނެ އެވެ.

މިނިސްޓްރީއިން ކަނޑައަޅާފައި ވާ ގޮތުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެ އަހަރު ދުވަހަށް 2،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. އެހެންނަމަވެސް އުސޫލުތަކާ ޚިލާފުވާނަމަ ހުއްދަ ބާތިލު ކުރެވޭނެއެވެ.

މިއަދު ގެނައި އިސްލާހާއެކު މިހާރުވެސް އާންމު ފިހާރަތައް 11 ޖަހަން ދެން ރޭގަނޑު ހުޅުވާފަ ބެހެއްޓޭނެއެވެ. މިހާރު ފިހާރަތައް ހުޅުވާފައި ބެހެއްޓެނީ، ރޭގަނޑު 10:00 އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top