ޔޫތު ޗެމްޕިއަން ޝިޕްގައި އަންނަ އަހަރު ކްލަބް އޭދަފުށި ބައިވެރިވަނީ

DSCN1747.jpg

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން އަންނަ އަހަރު ބާއްވާ 21 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކްލަބް އޭދަފުށިން ބައިވެރިވާން ނިންމައިފިއެވެ. ކްލަބް އޭދަފުއްޓަކީ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލުގެ ބެލެނިވެރިކަމުގެ ދަށުން އުފައްދާފައިވާ ކްލަބެކެވެ.

އިއްޔެ، ކްލަބް އޭދަފުށިން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ 2019 ވަނަ އަހަރު ފެބްރުއަރީގައި މާލޭގައި ބާއްވާ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ގަސްދު ކުރާ ކަމަށާ މި މުބާރާތުގައި ބައިވެރި ވުމުގެ ބޭނުމަކީ ރަށުގެ ފުޓްބޯޅައިގެ ފެންވަރު މަތިކޮށް ޒުވާން ފުޓްބޯޅަ ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމުގަ އެވެ.

މި މުބާާރާތުގައި ކުޅުމަށް ޝައުގުވެރިވާ ކުޅުންތެރިން މާދަމާ ހަވީރު 4 ޖަހާ އިރު (1ޖެނުއަރީ2019 )ރަސްމީ ފުޓްބޯޅަ ދަނޑަށް ހާޒިރުވުމަށް ކްލަބް އޭދަފުށިން އެދެއެވެ.

ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގައި އެދަފުށި ވަނީ އޭދަފުށިން ވަނީ 2013 އަދި 2014 ވަނަ އަހަރު ކުޅެފައެވެ.

ޔޫތް ޗެމްޕިއަންޝިޕްގައި މި އަހަރު ބައިވެރިވީ ހަތަރު ޓީމަކުންނެވެ. އެއީ މާޒިޔާ އާއި ނިއު ރޭޑިއަންޓުގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އަދި ކްލަބް އީގަލްސް އެވެ. މިއަހަރުގެ މުބާރާތް 19 އަހަރުގެ ކުޅުންތެރިންނަށް ހާއްސަ ކޮށްފައިވިޔަސް ކޮންމެ ދެ އަހަރަކުން އެއް އަހަރަކު މި މުބާރާތް އަމާޒުކުރާނީ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ކަމަށް އެފްއޭއެމް އިން ވަނީބުނެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top