ކެމްޕެއިނަށް ނާޒިމް މިއަދު ބ.އަތޮޅަށް

96901851-c030-4fdd-b900-666465ec17c4-1536x1023-1.jpeg

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނާޒިމް ފޯމު ހުށަހަޅުއްވުން - ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އުތުރުގެ ތިން އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބ.އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް  އެ ޕާޓީއިން ބުނެފިއެވެ.

ބ.އަތޮޅުގެ މިދަތުރުގައި މިފަހަރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދަރަވަންދޫ، ކެންދޫ، ކިހާދޫ، ދޮންފަނު އަދި މާޅޮހަށެވެ.

މާދަމާ އޭނާ ވަޑައިގަންނަވާނީ ރ. އަތޮޅަށެވެ. އެ އަތޮޅުގެ އިނގުރައިދޫ، ރަސްމާދޫ އަދި މަޑުއްވަރީއަށް ވަޑައިގަންނަވާނެއެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު އެ އަތޮޅުގެ ރަސްގަތީމު، އަނގޮޅިތީމު، ދުވާފަރަށް ވަޑައިގަންނަވާނެއެވެ.

އުތުރުގެ ކެމްޕެއިން ދަތުރުފުޅު ނިންމާލުމަށްފަހު ނާޒިމް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގައި ކަމަށް އެމްއެންޕީއިން ބުނެއެވެ.

ރިޔާސީ އިންތިހާބުގައި ނާޒިމްގެ ރަނިން މޭޓަކީ އައްޑޫ ސިޓީ އަށް ނިސްބަތްވާ ޑރ. އަހުމަދު އަދީލް ނަސީރުެވެ. އޭނާއަކީ ތައުލީމީ ދާއިރާގައި ގިނަ އަހަރެއް ވަންދެން ޚިދުމަތް ކުރައްްވާފައިވާ ބޭފުޅެކެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ “އުޖާލާ ޒަމާން”މިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top