އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް ޖުލައި 27ގައި

DSCN8118-800x451-800x451.jpg

މިދިޔަ އަހަރުގެ ރިސޯޓް މުބާރާތުގައި އަނަންތަރާއާއި، މިލައިދޫ ބައްދަލުކުރި މެޗްގެ ތެރެއިން : އީވީ ފައިލް ފޮޓޯ.

އޭދަފުށި ޒުވާނުންގެ ކްލަބުގެ ފަރާތުން ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް މި އަހަރުވެސް ބޭއްވުމަށް ނިންމައިފި ކަމަށް އެކްލަބުން ބުނެފިއެވެ.

ޒުވާނުންގެ ކްލަބްގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ އަންނަޖުލައި މަހުގެ 27ގައި ގައި ބޭއްވުމަށް ނިންމާފައިވާ މިމުބާރާތުގައި ބައިވެރިވުމަށް ބ. އަތޮޅުގައި ހުރި ރިސޯޓްތަކަށް ދައުވަތު ފޮނުވަމުންދާކަމަށާ، އެކަށީގެންވާ ތަރުހީބެއް ލިބެމުން އަންނަކަމަށެވެ.

“ޒުވާނުންގެ ކްލަބަކީ ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކްލަބެއް. އެކަން އޮންނާނީ ވޭތުވެ ދިޔަ އަހަރު ތަކުގައި ދައްކައި ދީފަ. މޮޅު ކުޅުންތެރިން ތަކެއް އުފެއްދުމުގެ އިތުރުން ޒުވާނުން ފުޓްބޯޅައަށް ހިތް ޖެއްސުމުގެ ގޮތުންވެސް މިކްލަބުން ވާނީ މަސައްކަތް ތަކެއް ކޮށްފައި. ހާއްސަގޮތެއްގައި އޭދަފުށީގެ ފުޓްބޯޅަ ދަނޑުގެ ތަރައްޤީއަށާ، ފެންވަރު ރަނގަޅު ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް. ”  އޭދަފުށީގެ ފުޓްބޯޅަ ކުރިއެރުވުމަށް ބުރަކޮށް މަސައްކަތް ކުރައްވާ އަދި އޭދަފުށީ ފުޓްބޯޅަ ޓީމްގެވެސް ކޯޗުކަން ކޮށްދީފައިވާ ބައްޓޭ ބުންޏެވެ.

ބައްޓޭ ބުނީ މިއީ ތިންވަނަ ރިސޯޓް މުބާރާތް ކަމަށާ މިސިލްސިލާ މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށެވެ.

ބ. އަތޮޅު ރިސޯޓް ތަކަށް ހުޅުވާލައިގެން އޭދަފުށީ ކްލަބް ކޮންބިނޭޝަން (ސީސީ) އިންވެސް 2013ން 2015އާ ދެމެދު ފުޓްބޯޅަ މުބާރާތްތަކެއް ބޭއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top