މެލޭޝިއާ އެކްސްޕޯއިން 50 އިންސައްތަ ހިލޭ ލިބޭ 250 ސްކޮލަޝިޕް ދެނީ

36320648_1387793537987155_8470841436714041344_n-755x435.jpg

އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އިއްޔެ މާލޭގެ އާޓް ގެލެރީގައި ފެށި ”މެލޭޝިއާ އެޑިއުކޭޝަން އެކްސްޕޯ” އިން 50 ޕަސެންޓް ހިލޭ 250 ސްކޮލަޝިޕް ދިނުމަށް ހަަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މެލޭޝިއާގެ އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސަސްއާ ރާާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހިންގާ މި އެކްސްޕޯ އަކީ މެލޭޝިއާ ގައި ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ. މި ސްކޮލަޝިޕްގެ ދަށުން މިއަހަރު ޖެނުއަރީ މަހުވެސް ވަނީ ފެއާއެއް ބާއްވައިފައެވެ. ޖެނުއަރީ މަހު ބޭއްވި ފެއާގައި މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ދިން 500 ސްކޮލަޝިޕްގެ ދަށުން، 250 ދަރިވަރަކަށް މަތީ ތައުލީމުގެ ފުރުސަތު ވަނީ ދީފައެވެ.

އިއްޔެ ފެށި އެކްސްޕޯގެ ދަށުން ބާކީ އޮތް 250 ސްކޮލަޝިޕްވެސް ދަރިވަރުންނާ ހަވާލުކުރާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 50 ޕަސެންޓް ހިލޭ ދޭ ސްކޮލަޝިޕްގެ ދަށުން، ބާކީ އޮތް 50 ޕަސެންޓް ފައިނޭންސް ކުރުމަށް ލޯނު ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ ޖެނުއަރީ ބޭއްވި މެލޭޝިއަން އެޑިއުކޭޝަން ފެއާއަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

މިފަހަރުގެ ފެއާގައި މެލޭޝިއާގެ 15 ޔުނިވާސިޓީއަކުން ބައިވެރިވެއެވެ. އެ ފެއާގައި ބިޒްނަސް، އިންޖިނިއަރިންގް، އައިޓީ، ސިއްހީ ދާއިރާ އާއި އަދި އެހެނިހެން ގިނަ ދާއިރާތަކާ ގުޅޭގިނަ ކޯސްތަކެއްގެ މައުލޫމާތު ލިބޭނެއެވެ.

މިއަދު ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް މާލޭގައި އެކްސްޕޯ ކުރިއަށް ގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top