ގޮދަންފުއް އުފައްދާ ކާރުހާނާ ހަދަނީ ކުޅުދުއްފުށީގައި

l_2019_07_04_115103_13iljtmvwpqc5rn7h9ouka6sb8egzxy4f2d_EN_1.jpeg

އެސްޓީއޯގެ އެމްޑީ ،ހުސެން އަމްރު

އެސްޓީއޯއިން ރާއްޖޭގައި އުފައްދާ ގޮދަންފުށް ކާރުހާނާ އަޅާނީ ކުޅުދުއްފުށީގައި ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ ގޮދަން ފުށް ކާރުހާނާ ހެދުމުގެ ގޮތުން ހަދަންޖެހޭ ސާވޭ ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ  ފައިސާއާއި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދާފައިވާ ކަމަށާއި ކުޅުުދުއްފުށި ސިޓީ ކައުންސިލުން އެކަމަށް ބިން ހަމަޖެއްސުމާއެކު އެ މަސައްކަތް ފަށާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ގޮދަންފުށް އުފައްދާ ކާރުހާނާ ކުޅުދުއްފުށީގައި ގާއިމްކުރުމަށް ނިންމި އެއް ސަބަބަކީ އެރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބަށްވުންކަމަށާއި އެ ސަރަޙައްދަކީ އެފަދަ ކާރުހާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަހައްދު ވުމުން ކަމަށެވެ. މިކަމުގެ ސަބަބުން އެ ސިޓީއަށާއި އެ ސަރަޙައްދަށްވެސް ވިޔަފާރިއާއި އިގްތިސާދި ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.

ކުޅުދުށްފުށީގައި މި  ކާރުހާނާ ހަދަން ނިންމެވީ އެ ރަށަކީ އުތުރުގެ އިގުތިސޯދީ މައި ރަށަށްވާތީ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެއީ އެކަމަށް އެންމެ ރަނގަޅު ރަށް ކަމަށާއި, އެކަމުގެ ސަބަބުން އެ ރަށަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަމްރު ވިދާޅުވިއެވެ.

އެ ގޮތުން ބައިވަރު ވަޒީފާތައް އުފެދިގެންދާނެ ކަމަށާއި, މި ކާރުހާނާ ގާއިމު ކުރުމުން އެ ރަށުގައި އިތުރު ވިޔަފާރިތައް އުފެދިގެންދާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top