އޭދަފުށީގައި ފާހަގަކުރާ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް

އޭދަފުށީގައި މިއަހަރު ފާހަގަކުރާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އިއްޔެ އާއި ރޭ ވެސް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން އިއްޔެ ހަވީރު ހާއްސަކުރީ ކުޑަކުދިންނަށެވެ. އޭދަފުށި ޕޮލިސް، ބ.އަތޮޅު ހޮސްޕިޓަލް، އަދި ބ.އަތޮޅު ތައުލީމީ މަރުކަޒާއި ބަޔޮސްފެއާގެ އެހީތެރިކަމާ އެކު އޭދަފުށީގެ އުތުރު ފަރާތު ސްޓޭޖް ސަރަހައްދުގައި ބޭއްވި މި އިވެންޓަށް ބޮޑުތަރުހީބެއް ލިބިފައިވާ ކަމަށް ކޮމެޓިން ބުނެއެވެ.

މި ހަވީރުގައި ބ. އަތޮޅުހޮސްޕިޓަލުން ވަނީ ހަކުރު ބަލި ޓެސްޓް ކުރުމާއި ލޭގެ ޕްރެޝަރު ބެލުމުގެ އިތުރުން ސިއްހީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސް ފައިވާއިރު އޭދަފުށި ޕޮލިސްގެ ފަރާތުން ވަނީ ކުޑަކުދިންނާ ގުޅޭ އިވެންޓްތަކެއް ބާއްވާފަ އެވެ. މީގެއިތުރުން އޭދަފުށީ ބަޔޮސްފެއާ އޮފީހުގެ ފަރާތުން އަންހެނުންނަށް ހާއްސަ ކުޅިވަރުތަކާއެކު ބ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ފޭސް ޕެއިންޓްކުރުން ފަދަ ކުޑަކުދިންނާ ގުޅޭ ހަރަކާތްތަކެއް ބާއްވާފައެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ރޭ ފެށި ވާދެމުމުގެ މުބާރާތުގައި ރޭވެސް ހަތަރު ޓީމް ވާދަ ކުރި އެވެ. މި މުބާރާތް މިރޭވެސް ކުރިއަށް ގެންދާނެ ކަމަށް ކޮމެޓީން މައުލޫމާތު ދެއްވަ އެވެ.

އަންހެނުނގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން މިއަދު ހަވީރު އޮތީ ރަށުގެ ހުރިހާ ކަނބަލުންގެ އެއްބައިވަންތަކަން ދައްކައިދިނުމުގެ ގޮތުން ބާއްވާ ބޮޑު ހިނގާލުމެކެވެ. މި ހިގާލުން ރަށުގެ ހުރިހާ ބޮޑެތި މަގުތަކެއްގައި ކުރިއަށް ގެނދިއުމަށް ހަމަޖެހިފައިވާއިރު މި ކަމުގައި ހުރިހާ ކަނބަލުން ބައިވެރިވުމަށް އޭދަފުށީ އަންހެނުންގެ ކޮމެޓީއާއި އޭދަފުށި ކައުންސިލުން ދައުވަތުއަރުވައެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް އޭދަފުށީގައި މިއަހަރު ފާހަގަ ކުރަނީ އޭދަފުށި އަންހެނުންގެ ކޮމެޓީއާއި އޭދަފުށީ ކައުންސިލު ގުޅިގެން ހުރިހާ މުވައްސަސާއެއްގެވެސް އެއްބާރުލުން ލިބިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top