ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި

ބ.އަތޮޅު-ތައުލީމީ-މަރުކަޒު-scaled.jpg

ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި އެވެ.

ދިރާސީ ކަލަންޑަރު މީގެކުރިން އާންމުކުރަމުން ދިޔައީ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ޕީޑިއެފް ފައިލެއްގެ ގޮތުގައެވެ

އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ދިރާސީ ކަލަންޑަރު މިހާރު ހިމަނާފައިވަނީ ސްކޫލް ދުވަސްތަކާއި ބަންދު ދުވަސްތަކާއި އިމްތިހާނު ދުވަސްތަކާއި ޓާމްތަކުގެ ދުވަަސްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތައް ވެސް ފަސޭހައިން ބަލާލެވޭ ގޮތަށެވެ.

މިހާރު އާންމުކޮށްފައިވާ އަންނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ 27 ގަ އެވެ. އެ ޓާމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން އޮގަަސްޓް ދެވަނަ ދުވަހު ފެށުމަށްފަހު ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ބޮޑު ޗުއްޓީ ތާވަލްކޮށްފައިވަނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.

ރާއްޖޭގައި މީގެކުރިން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަމުން ދިޔައީ ކޮންމެ އަހަރަކުވެސް ޖެނުއަރީ މަހު އެވެ. އެކަމަކު ކޮވިޑް 19ގެ ދުވަސްވަރު 20121 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ދިރާސީ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެ އޮގަސްޓް މަހު ފަށާ ގޮތަށް ހަމަޖައްސާފަ އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިންވެސް އޮތް ގޮތަށް ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ފެށުމަށް ނިންމާފަ އެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން އަނެއްކާވެސް ފަށާނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top