ބ.އަތޮޅުގެ 3ރަށުގައި ހަދާ އައުޓްޑޯ ޖިމް، އިންސްޓޯލްކުރަން ބަޔަކާ ހަވާލު ކޮށްފި

img-7042jpeg.jpg

32 ރަށުގައި އައުޓްޑޯ ޖިމް އިންސްޓޯލް ކުރުމަށް ބޭއްވި ރަސްމިއްޔާތު

އިންޑިއާ ސަރުކާރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ހަދައިދިނުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން އޭދަފުއްޓާއި ކަމަދޫއާއި ގޮއިދޫގައި ހަދާ އައުޓްޑޯ ޖިމް، އިންސްޓޯލް ކުރަން ބަޔަކާ ހަވާލު ކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއެވެ.

މަސައްކަތް ހަވާލު ކުރުމަށް މިއަދު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމެޕަވަރމަންޓްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމެވެ. ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފް އެވެ.

މި ރަސްމިއްޔާތުގައި ބ.އަތޮޅުގެ ތިން ރަށާއެކު ޖުމްލަ 32 ރަށުގައި އައުޓްޖޯ ޖިމް އިންސްޓޯލް ކުރަން ސިނާން ގްރޫޕް އާއި ވަނީ ކޮށްފައެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށް 14 ދުވަސްތެރޭގައި މި މަސައްކަަތް ފަށައި 56 ދުވަހުގެ ތެރޭގައި މަސައްކަތްނިންމާ ގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top