ނާސްތާ ޕްރޮގްރާމް އަންނަ އަހަރު އަލުން ފަށާނެ

105977337_3883693754990479_8337283862017275397_o.jpg

ކޮވިޑްގެ ސަބަބުން ސްކޫލްތައް ބަންދުވުމާއެކު މެދުކަނޑާލާފައިވާ ނާސްތާ ޕްރޮގްރާމް، އިތުރަށް ހަރުދަނާ ކޮށް އަންނަ އަހަރު އަލުން ފަށާށެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

”މި ސަރުކާރުން ކާމިޔާބުކަމާ އެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ބަދަލުތަކަކާ އެކު އިތުރަށް ހަރުދަނާކޮށް، އެފިޝަންޓްކޮށް 2021 ވަނަ އަހަރު ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓްކުރެވިފައި.” އަމީރު ވިދާޅުވި އެވެ.

ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިްހްގެ ވައުދެކެވެ. އެއާ އެކު މިދިޔަ އަހަރުގެ ދެވަނަ ޓާމްގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ދަރިވަރުންނަށް ނާސްތާ ދިޔައީ ދެމުންނެވެ.

ނަަމަވެސް ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވިފަހުން ނާސްތާ ޕްރޮގްރާމް  މެދުކަނޑާލުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ ގެއިން ނާސްތާ ކޮށްގެން ދަރިވަރުން އައުމަށެވެ.

މިދިޔަ އަހަރު ނާސްތާ ޕްރޮގްރާމްގައި 83 ޕަސެންޓް ދަރިވަރުން ބައިވެރިވި ކަމަށް  އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކުރިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top