ޑރ.ޒިޔާދުގެ ނަސޭހަތް : ބަސްއަހައި ކިޔަމަންގަތުން

leader-communicate.png

عَنِ الْعِرْبَاضِ بْنِ سَاريةَ رَضِيَ اللهُ عَنْهُ قَالَ: (وَعَظَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَوْعِظَةً وَجِلَتْ مِنْهَا الْقُلُوْبُ، وَذَرَفَتْ مِنْهَا الْعُيُونُ، فَقُلْنا: يَا رَسُوْلَ اللهِ، كَأنَّهَا مَوْعِظَةُ مُوَدِّعٍ فَأَوْصِنَا. قَالَ (أُوْصِيْكُمْ بِتَقْوَى اللهِ عَزَّ وَجَلَّ، وَالسَّمْعِ وَالطَّاعَةِ، وَإِنْ تَأَمَّرَ عَلَيْكُمْ عَبْدٌ حَبَشِيٌّ، فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اِخْتِلاَفًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ، تَمَسَّكُوا بِهَا، وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلاَلَةٌ.) رواهُ أبو داوُدَ والتِّرمِذِيُّ ، وقالَ: حديثٌ حَسَنٌ صحيحٌ.

މާނައީ: މާތްﷲ ރުއްސުންލެއްވި އަލްޢިރްބާޟު ބުނި ސާރިޔަތުގެ އަރިހުން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ތިމަން ބޭކަލުންނަށް ވަޢުޡު ވިދާޅުވެދެއްވިއެވެ. އެ ވަޢުޡުން ހިތްތައް ބިރުވެތިވެ، ލޯތަކުން ކަރުނަ އޮހޮރުނެވެ. ފަހެ ތިމަންބޭކަލުން ދެންނެވީމެވެ. އޭ މާތްﷲގެ ރަސޫލާއެވެ! ވަކިވެވަޑައި ގަތުމަށް އަލްވަދާޢު ވިދާޅުވުމުގެ ވަޢުޡެއް ކަމުގައި، ތިޔަވަޢުޡު ވާ ކަހަލައެވެ. ފަހެ އަޅުގަނޑުމެނަށް ވަޞިއްޔަތެއް ކޮށްދެއްވާށެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.”މާތްﷲއަށް ތަޤުވާވެރި ވުމަށާއި، އަޑުއަހައި ކިޔަމަން ގަތުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އަޅަކު، ވެރިއަކު ކަމުގައި އިސްވިޔަސް އެމީހަކަށް ތިޔަބައިމީހުން ކިޔަމަންތެރިވުމަށް ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ދިރި ހުރެއްޖެ މީހާ، ގިނަގުނަ ޚިލާފުތަކެއް ދެކޭނެއެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާއި، ތެދުމަގު ލިބިވަޑައިގެންވާ، ތެދުމަގު ދައްކަނިވި ޚަލީފާއިންގެ ސުންނަތުގައި ގަދައަށް ހިފަހައްޓާށެވެ. އަދި ދީނުގައި އަލަށް އުފެދޭ ކަންތަކާއި ތިޔަބައިމީހުން ނަމަނަމަ ކައިރި ނުވާށެވެ. ފަހެ ހަމަކަށަވަރުން ދީނުގެ ތެރެއަށްވައްދާ ކޮންމެ އާކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”

ޙަދީޘުންލިބިގަންނަވިފިލާވަޅު

  • ތަޤްވާވެރިވުމުގެމާތްކަމާ މުހިންމުކަން
  • ވެރިންނަށް ކިޔަމަންގަތުމަކީ މާތްރަސޫލާ ކުރައްވާފައިވާ ވަޞިއްޔަތެއް
  • ކަންކަމުގައި ދެބަސް ވުމަކީ ފިތުނައަކަށް ހުޅުވިދާ ދޮރަކަށް ވެދާނެ
  • ސަލާމަތާ ރައްކާތރިކަން އޮތީ މާތްރަސޫލާ ދެއްކެވިމަގުގަ ޘާބިތުވެތިބެގެން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top