ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

sato-petrol-1.jpg

ސަރުކާރުގެ ތެޔޮ ކުންފުނި، އެސްޓީއޯއިން ވިއްކަމުން ގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް އެ ކުންފުނިން ވިއްކަމުން ގެންދާނީ 11.39 ރުފިޔާ އަށް ކަމަށެވެ. އެއީ ކުރިން ވިއްކަމުން އައި އަގަށްވުރެ ލިޓަރަކުން 10 ލާރީގެ ހެޔޮވުމުކެވެ.

މިއަދުން ފެށިގެން ޑީސަލް ލީޓަރެއްވިއްކަމުން ގެންދާނީ 11.97 ރުފިޔާ އަށެވެ. އެއީ ކުރިން ހުރި އަގާ އަލާބަލާއިރު ލިޓަރަކުން 14ލާރީގެ ހެޔޮވުމެކެވެ.

އެސްޓީއޯއިން  ތެލުގެ އަގަށް މިމަހުގެ ތެރޭގައި ދެފަހަރެއްގެ މަތިން ވަނީ ބަދަލު ގެނެސްފައެވެ. އެންމެ ފަހުން މިމަހުގެ ހަތް ވަނަ ދުވަހު އެ ކުންފުނިން ގެނައި ބަދަލާއެކު ޕެޓްރޯލް ލިޓަރަކުން 70ލ. ، ޑީސަލް ލިޓަރަކުން 50ލ. ބޮޑު ކުރިއެވެ. އެ ބަދަލާއެކު އިއްޔެއާ ހަމައަށް ޑީސަލް ލިޓަރެއް ވިއްކަމުން ގެންދިޔައި 11.61ރ. އަށެވެ. ޕެޓްރޯލް ލިޓަރެއް ވިއްކަމުން ގޮސްފައިވަނީ 12.11ރ. އަށެވެ.

އެސްޓީއޯ އިން މިފަހަރު ތެލުގެ އަގު ހެޔޮކުރުމުގެ ގޮތުން ނެރެފައިވާ ބަޔާނުގައި ބުނީ އެސްޓީއޯ އިން ބުނީ ތެލުގެ އަގު ހެޔޮ ކުރަން ނިންމީ، ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ހެޔޮވުމުގެ ސަބަބުން ކަމަށެވެ. އަދި އެސްޓީއޯ އިން އަބަދު ވެސް މަސައްކަތް ކުރަނީ ވީ އެންމެ ކުޑަ އަގެއްގައި ކަސްޓަމަރުންނަށް ތެޔޮ ފޯރު ކޮށްދިނުމަށެވެ.

ދުނިޔޭގެ ބާޒާރުގައި މިހާރު ތެލުގެ އަގު ހުރި ގޮތަށް ބަލާއިރު ސާފު ނުކުރާ ތެޔޮ ފީފާއެއް ވިއްކަނީ 67.76 ޑޮލަރަށެވެ. އަދި ސާފު ކުރި ތެޔޮ ފީފާއެއްގެ އަގު އުޅެނީ 57.91 ޑޮލަރަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top