އިސްލާމިކް މިނިސްޓަރގެ މާމަ ނިޔާވެއްޖެ

DSC_00661.jpg

Cemetery, Eydhafushi, Baa Atol, Maldives.

އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަހްމަދު ޒިޔާދުގެ މާމަ އޭދަފުށީ ސައިމާގޭ ޚަދީޖާ އިސްމާއީލް މިއަދު ނިޔާ ވެއްޖެއެވެ.

އުމުރުން 90 އަހަރުގައި ޚަދީޖާ ނިޔާ ވެފައިވަނީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު މިއަދުގެ މެންދުރެއްހާއިރު އޭދަފުށީގައެވެ.

ޚަދީޖާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު އޭދަފުށީގެ ބޮޑު މިސްކިތުގައެވެ. އިމާމްވެ ކަށުނަމާދު ކުރެއްވީ އިސްލާމިކް މިނިސްޓަރ އަދި މާމަ ދަރިފުޅު ޑރ. ޒިޔާދުއެވެ.

އީވީގެ ވަރަށްގާތް ރަހްމަތްތެރިއެއްކަމުގައިވާ ޑރ. ޒިޔާދުއާއި އާއިލާ އަށް ލިބުނު ފުން ހިތާމައިގާ ބައިވެރިވެ ތައުޒިޔާ ކިޔަމުއެވެ. މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ!

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top