މަންތާ އެއަރއިން ދަތުރުތައް މަދުކުރަނީ.

big_7rQh3UPiYmNhCnIM3plEYUzby-1.jpg

މަންތާ އެއަރ ގެ ބޯޓެއް ހުޅުލޭ ވައިގެ ބަނދަރުގައި

ބ.އަތޮޅު ރައްޔިތުން އެންމެ ގިނައިން ވައިގެ މަގުން ދަތުރުކުރާ ޑޮމެސްޓިކް އެއާލައިން، މަންތާ އެއާއިން ކުރާ ދަތުރުތައް މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުގެ ދަށުން ދަރަވަންދޫ އެއާޕޯޓަށްކުރާ ދަތުރު ތައްވެސްމަދު ކުރަން ނިންމައިފިއެވެ.

އެ އެއާލައިނުން ބުނި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އެލައިންގެ ދަތުރުތަކަށް އައިސްފައިވާ ބަދަލާއެކު، ދަތުރުތައް މަދުވެފައިވާ ކަމަށާ ކެންސަލްވާ ފްލައިޓްތަކުގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

އެހެންވެ އެ ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުން ދާތީވެ މިހާރުގެ ހާލަތަށް ބަލައި ދަރަވަންދޫ އާއި ދާލު އެއާޕޯޓަށް ކުރާ ދަތުރުތައް މަދުކުރަން ނިންމީ ކަމަށް އެއާލައިނުން ބުނެއެވެ. ހަމަ އެހެންމެ ކޫއްޑޫ ދަތުރުތައް މިމަހުގެ 29 އިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލަންވެސް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ބަލާ އާފާތުގެ ސަބަބުން މީހުން ދަތުރު ކުރުން ހުއްޓާލުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި އެއާލައިން ތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ. މިހާތަނަށް ދުނިޔޭގެ އެއާލައިން ސިނާއަތަށް ލިބުނު ގެއްލުން 100 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ރާއްޖެއިން ފެނިފައިވެ އެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top