ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި

big_Qsd9uVleMyogkzTCTQolsooM0.jpg

ހއ.އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ގަނޑުވަރު

މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީޖަލްސާ ހއ. އުތީމުގައި ބާއްވަން ސަރުކާރުން ނިންމަވައިފި އެވެ. އުތީމަކީ، ގައުމީދުވަސް އެބޭފުޅަކަށް ނިސްބަތްވާ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު)ގެ އުފަން ބިމެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ގައުމީ ދުވަހުގެ ޖަލްސާ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. ގައުމީ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ ކުރިއަށް އޮތް އޮކްޓޫބަރުގެ ތެރޭގަ އެވެ.

ގައުމީ ދުވަސް ރާއްޖޭގައި ފާހަގަ ކުރަމުންދަނީ ރަބީއުލްއައްވަލް މަހުގެ 01 ވަނަ ދުވަހުއެވެ. ރާއްޖޭގައ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 01 ދުވަހުއެވެ. އެއީ މީލާދީ ގޮތުން 4 ފެބްރުއަރީ 1946 ގައެވެ.

މިދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހި ގައުމު މިނިވަން ކުރުމަށް އުތީމު އަލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ކުރެއްވި މިންނެތް މަސައްކަތުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. ތާރީޚުގައި ލިޔެފައިވާ ގޮތުން އެހާދިސާ ހިނގާފައިވަނީ 981 ވަނަ އަހަރު ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އަބަދުވެސް އުތީމުގައި ފާހަގަކުރެ އެވެ. އެންމެ ފަހުން އެދުވަސް އތީމުގައި ފާހަގަކުރީ ރައީސް މައުމޫންގެ ވެރިކަމުގައި 1980 ވަނަ އަހަރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top