ކޮވިޑް-19: ރޯޔަލް އައިލެންޑް ރިސޯޓް ބަންދުކުރަނީ

Royal-Island-Resort-Spa-pool-and-restaurant.jpg

ވިލާ އިން ބ.އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓް

ކޮވިޑް-19 އިގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ލިބެމުންދާ ގެއްލުންތަކާއެކު ބ.ހޮރުބަދޫގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓު ބަންދު ކުރާ ގޮތަށް ވިލާ ގްރޫޕޫން ނިންމައިފިއެވެ.

ވިލާ ގްރޫޕުން މިގޮތަށް ނިންމާފައިވާއިރު އެ ކުންފުނިން ހިންގާ ފަސް ރިސޯޓުގެ ތެރެއިން ޓޫރިސްޓުން ދެން ގެންނާނީ ހަމައެކަނި ޕެރަޑައިސް އައިލެންޑް ރިސޯޓަށެވެ.

މި ބަދަލާއެކު ވިލާގެ ރިސޯޓުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް މިހާރުވަނީ ނޯޕޭ ލީވް ނަގަން ވެސް އަންގާފަ އެވެ.

ވިލާ ގްރޫޕުން ދާދި ފަހުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކުރަން ނިންމާފަ އެވެ.

ސިޔާދު ގާސިމް ސޮއި ކުރައްވައި ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ވިލާއަށް އާމްދަނީ ލިބެނީ އެ ކުންފުނިން ހިންގާ ރިސޯޓުތަކުން ކަމަށްވާއިރު ގެސްޓުންގެ އަދަދު މަދުވެ އާމްދަނީ ވެސް މަދުވެފައިވާ ކަމަށެވެ. އަދި ކުންފުނި ދެމެހެއްޓުމަށްޓަކައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނީގައި މަަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަ ކުރަން ބޯޑުން ނިންމާފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top