ފުޅަދޫގައި ހުރި ފަތުރުވެރިއަކު މޫދަށް ފުންމާލި ގޮތަކުން ބޮލަށް އަނިޔާވެ ވަގުތުން މަރު!

0_1383578140untitled1_news.jpg

ބ.ފުޅަދޫ

ބ.ފުޅަދުއަށް އައިސްހުރި ފަތުރުވެރިއަކު މިއަދު ހެނދުނު މޫދަށް ފުންމާލި ގޮތަކުން އޭނާގެ ބޮލަށް އަނިޔާވެ ވަގުތުން މަރުވެއްޖެއެވެ.

ފުޅަދޫ ކައުންސިލުގެ ރައީސް އަހުމަދު އާސިފް، މި ޚަބަރުގެ މައުލޫމާތު ބައެއް މީޑިއާތަކަށް ދެމުން ވިދާޅުވީ ޔޫކްރޭނަށް ނިސްބަތްވާ، އުމުރުން 62 އަހަރުގެ އެ ފިރިހެނާ މަރުވީ މިއަދު ހެނދުނު ގާތްގަނޑަކަށް 6:35 ހާއިރު ކަމަށެވެ.

“ފާލަމުން އެ މީހާ ފުންމާލީ، އެތަން ތަންކޮޅެއް ދިޔަވަރު ތިލަ ގަޑިއަކާ ދިމާވީ. އެ މީހާ ޑައިވް ޖެހީމަ، ބޯ ބިމުގައި ޖެހިގެން އަނިޔާ ލިބިފައިވާ ކަމަށް ބެލެވެނީ. ޑޮކްޓަރުން ވެސް ވިދާޅުވީ ބޮލަށް އަނިޔާ ލިބިފައިވާ ކަމަށް” އާސިފް ވިދާޅުވިއެވެ.

މި ހާދިސާ ހިނގިތާ ގާތްގަނޑަކަށް 10 މިނެޓު ވެސް ނުވަނީސް ސިއްޙީ މަރުކަޒަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު ގެންދިޔަ ކަމަށާއި ނަމަވެސް އޭރުވެސް އެ މީހާ ވަނީ މަރުވެފައި ކަމަށް އާސިފް ވިދާޅުވިއެވެ.

އެ މީހާގެ ހަށިގަނޑު މިއަދު 13:00 ހައިރު މާލެ ފޮނުވާލައިފައިވާ ކަމަށް ވެސް އާސިފް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top