ކަމަދޫ ކައުންސިލްގެ ”ރަށްވެހިމަދަނަ“ ޕްރޮގްރާމްގެ ދަށުން ކަމަދޫ ސާފުކޮށްފި

KAMdhoo-3-850x548.jpg

ފޮޓޯ : ކަމަދޫ ކައުންސިލް

ކަމަދޫ ކައުންސިލްގެ ”ރަށްވެހިމަދަނަ“ ޕްރޮގްރާމްގެ ދަށުން ”ސާފު ކަމަދޫ“ގެ ނަމުގައި ކަމަދޫ ސާފުކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތާ ބެހޭގޮތުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ”ދެން ”ނިއުސް އަށް ވިދާޅުވީ، މިއީ ރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުމަށާއި ތިމާވެށީގެ މައްސަލަތަކަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ހިންގި ޕްރޮގްރާމެއް ކަމަށެވެ.

މިހަރަކާތުގައި ރަށުގެ ފަރާއި ގޮނޑުދޮށާއި އަދި ރަށުގެ ހޭޅިތައް ވެސް ސާފުކޮށްފައިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދިޔަ ސަރަހައްދުގައި ތިމާވެއްޓާއި ރައްޓެހި ޝިއާރުތައް ލިޔެފައިވާ ބޯޑުތަކުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ފެން ބުއިމަށް ޕްލާސްޓިކް ފުޅީގެ ބަދަލުގައި ސޮނެވާފުށި ނަމޫނާއާއި ގުޅިގެން މި ހަރަކާތަށް ހާއްސަކޮށް ހޯދިފައިވާ ފެން ޑިސްޕެންސާ ވެސް ބަހައްޓާފައިވާނެ ކަމަށެވެ.

ފޮޓޯ: ކަމަދޫ ކައުންސިލް

މިހަރަކާތް އިންތިޒާމުކޮށްފައިވަނީ ކަމަދޫ ކައުންސިލްގެ ދަށުން ހިންގާ ރަށްވެހި މަދަނަ ޕްރޮގްރާމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ އެންމެހައި މުއައްސަސާތަކާއި ވިޔަފާރިތައް ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

ކަމަދޫ ކައުންސިލުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކަމަދޫގެ ރައްޔިތުންނާއި އެރަށުގައި ޗުއްޓީ ހޭދަ ކުރަމުންދާ ޓުވަރިސްޓުންގެ އިތުރުން ކަމަދޫން ޑައިވިން ކޯސް ފުރިހަމަކޮށްފައިވާ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ ބައިވެރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top