މި ބިންމަތީގައި ހިނގައިބިނގާވެ، އުޅެން ޖެހޭނީ ބޮޑާކަމެއް ނެތި: ޚުތުބާ.

413454_3_59939527150385d0fd96808baa3cfb1edc71b98a_large-1.jpg

އޭދަފުށި، މަސްޖިދު މުހައްމަދު އަލީ

މި ބިންމަތީގައި ހިނގައި ބިނގާވެ، އުޅެން ޖެހޭނީ ބޮޑާކަމެއް ނެތި ކަމަށް މިއަދުގެ ހުކުުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ ޚާއްސަކޮށްފައިވަނީ ”ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!“ މިމައުޟޫއަށެވެ.

ހުކުރު ޚުތުބާގައި ބުނީ އަހަރެމެންގެ އަމިއްލަ ނަފުސާއި، އެހެންމީހުންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލުވެވޭނީ، މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމަށާއި ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ނިޢުމަތްތައް، މާތް الله އަހަރެމެންނަށް ދެއްވާފައިވާ ކަމަށެވެ.

އެގޮތުން އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ވިސްނުންތެރިކަމާ އެކު ލޮލުގެ ބޭނުން ހިފާން ޖެހޭ ކަމަށާއި އުޅަނދު ދުއްވާންވީ ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަށް ތަބާވެ ޢަމަލުކުރުމަކީ ވާޖިބުކަމެއް ކަމަށެވެ. އަދި އެ ޤަވަޢިދުތަކަކީ ޢާންމު މަޞްލަޙަތާއި، މީހުންގެ މުދަލާއި، ފަރުދުންނާއި، ޖަމާޢަތުގެ ރައްކާތެރިކަމަށް ޓަކައި، ހެދިފައިވާ އެއްޗެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

”އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައި ނުއުޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެން ވެސް ތިބާޔަކަށް ނުދެވޭނެތެވެ.“ ލުޤްމާނުގެފާނު އެ ކަލޭގެފާނުގެ ދަރިފުޅަށް ދެއްވި ޢިބުރަތްތެރި ނަސޭހަތުގެ ވާހަކަ މާތް الله ވަޙީކުރައްވައިފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.ﰄހުތުބާގައި ބުނީ ބައެއް ފަހަރު އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ފަރިތަކަމާއި، ކުޅަދާނަކަން ދައްކާން އުޅެނިކޮށް، ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް ބަޔަކަށް ގެއްލުންވާ ކަމަށެވެ.

”ނިދިއައިސްފައިވާ ޙާލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ޙާލަތުގައްޔާއި، ނަފްސާނީ ބުރަތަކެއް ތަޙައްމުލުކުރާ ޙާލަތުގައި، އުޅަނދުފަހަރު ދުއްވުމަކީ ރައްކާތެރިކަމެއް ނޫން“ ޚުތުބާގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top