އެޑިއުކޭޝަންގެ ވަފްދެއް ބ.އަތޮޅުގައި

t.php_1.jpg

އެޑިއުކޭޝަންގެ ވަފްދު ބ.އަތޮޅު މަދަރުސާގައި . ފޮޓޯ : އެޑިއުކޭޝަން

ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އިސްމާއީލް އިސްވެހުންނަވައިގެން އެޑިއުކޭޝަން މިނިސްޓްރީގެ ވަފުދެއް ބ. އަތޮޅުގައި ހަރަކާތްތެރިވަމުންދާކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ.

އެޑިއުކޭޝަނުން ބުނީ ވަފްދު ބ.އަތޮޅުގެ ރަށްތަކަށްޒިޔާރަތްކުރުމުގެ ބޭނުމަކީ ސަރުކާރުގެ ތައްލީމީ ސިޔާސަތު ހާމަކޮށްދިނުމާ އެކަމާބެހޭ މައުލޫމާތު ސްކޫލްތަކާ ހިއްސާ ކުރެއްވުން ކަމުގައެވެ.

މިވަފްދުގެ މެންބަރުން އިއްޔެވަނީ ބ. އަތޮޅު މަދަރުސާއަށް ވަޑައިގެން އެ ސްކޫލްގެ ސީނިއަރމެނޭޖްމަންޓާ ސްކޫލްގެ އެހެނިހެން ދާއިރާތަކާވެސް ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ދަރަވަންދޫ ކައުންސިލްގެ މެންބަރުންނާ ޕްރީސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންނާވެސް ވަފްދުގެ ބޭފުޅުން ބައްދަލު ކުރެއްވިއެވެ.

މި ބައްދަލުވުންތަކުގައި ސަރުކާރުގެ ތައުލީމީސިޔާސަތާއި އެއްވެސް ކުއްޖަކު ބާކީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ އިތުރުން ދަސްވާރު ޕްރޮގްރާމާއި ބީޓެކް ސްޓްރީމްއާބެހޭ މައުލޫމާތު ހިއްސާކުރެއްވުން ހިމެނެއެވެ.

ތިންދުވަހުގެ މިދަތުރުގައި ބ.އަތޮޅުގެ ހުރިހާ ރަށަކަށް މި ވަފްދު ޒިޔާރަތް ކުރައްވާނެއެވެ.

ވަފްދުގެ ބޭފުޅުން މިރޭ މަޑުކުރައްވާނީ އޭދަފުށީގައެވެ. އެއީ އޭދަފުށީގައި މިރޭ އޮންނަ ބ. އަތޮޅު ތައުލީމީމަރުކަޒުގެ އިނާމުދިނުމުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވަނީ މިނިސްޓްރީއޮފް އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އިސްމާއީލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top