ކޮވިޑް -19: އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެއް ހަފްތާއަށް ސަރުކާރު ބަންދު.

big_UI1s6qOoS9JrlQhGtVGAyIGAY.jpg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--ފޮޓޯ :ރައީސް އޮފީސް

ކޮވިޑް-19އާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 26ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ކުރުމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ސަރުކާރުގެ އޮފީސްތައް އަންނަ ހަފުތާއަށް ބަންދު ކުރުމަށް ނިންމާފައިވާއިރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރާތައް ވެސް 20 އިންސައްތަ ކުޑަކުރުމަށް މިއަދު ވަނީ ނިންމާފަ އެވެ. މި ނިންމުންތައް ނިންމާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ބަންދު ކުރުމަށް އަންދާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ
ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top