ފަސްމުގޫ ހުސެން އާއެކު އޭދަފުށިން އިތުރު ބަޔަކު އެމްޑީޕީއަށް

main.jpg

އޭދަފުށީގައި ހޯލްސޭލް އާއި ރިޓޭއިލް ވިޔަފާރި ހިންގާ މަޝްހޫރު ”ފަސްމުގޫ“ ގްރޫޕްގެ ހިންގުންތެރިޔާ ހުސެން ޝަހީމް މުޅިން އަލަށް އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.

ހުސޭން އާއި އެކު ފަސްމުގޫ ގެ އިތުރު މެންބަރުން ތަކެއްވެސް ވަނީ ރޭ އޭދަފުށީ އެމްޑީޕީ ހަރުގޭގައި އޮތް ރަސްމިއްޔާތެއްގައި އެމްޑީޕީއަށް ސޮއިކޮށްފަ އެވެ. އޭގެ އިތުރުން ކުރިން ޕީޕީއެމްގައި ވަރަށް ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރެއްވި މީހުންނާއި އަލަށް އެޕާޓީއާ ގުޅުނު މީހުންވެސް ހިމެނެ އެވެ.

އެގޮތުން ޖުމްލަ ނުވަ މީހުން އެޕާޓީއާއި ގުޅިފައިވާ ކަމަށް އެމްޑީޕީ އިން ބުނެއެވެ.

އަލަށް އެމްޑީޕީ އާއި ގުޅުނު މި މީހުންގެ ފޯމުތަކާ ހަވާލުވެ ވަޑައިގެންނެވީ އެމްޑީޕީގެ އޭދަފުށި ދާއިރާގެ ރައީސް މުހައްމަދު އަބްދުﷲ އެވެ.

މުހައްމަދު އަބްދުﷲ ވިދާޅުވީ އޭދަފުށީން ފެނިގެން މިދަނީ އޭނާ ވަރަށް ހިތް ހަމަޖެހިވަޑައިގަންނަވާ މަންޒަރެއް ކަމަށާއި ރޭ އެމްޑީޕީއަށް ސޮއި ކުރި ގިނަ މީހުންނަކީ އޭދަފުށީގެ ގަދަ ބާރު ތަކެއްކަމަށް ދެކެވަޑަގަންނަވާ ކަމުގައެވެ. އެހެންކަމުން މި ދާއިރާގެ ސާފު ބޮޑު އަޣުލަބިއްޔަތާ އެކު ރައީސް ސޯލިހު، މި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގެ އުއްމީދުވަސް އާވެއްޖެކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ ޓާގެޓަކީ އޭދަފުށީގެ 50 އިންސައްތަ އަށް ވުރެ ގިނަ މީހުންގެ ތާއީދު. އެކަމަށް ވަރަށް ބޮޑު ބުރަ މަސައްކަތް ތަކެއް ދަނީ ކުރެވެމުން. އިރާދަކުރެއްވިއްޔާ އެޓާގެޓަށް ދެވޭނެ.“ މުހައްމަދުއަބްދުﷲ ވިދާޅުވިއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top