ޖަމިއްޔަތުލްވަފާ އިން އަނެއްކާވެސް ފުޑްފެއަރއެއް

2.jpg

މިދިޔަ ނޮވެމްބަރު މަހު ވަފާާ އިން ބޭއްވި ފުޑްފެއަރގެ ތެރެއިން - އީވީ ފޮޓޯ ؛ގައްޔޫމް

”އައްޑަނަ ފުޑްފެއަރ 2019″ ގެ ނަމުގައި ޖަމިއްޔަތުލްވަފާ އިން ފުޑްފެއަރއެއް ބޭއްވުމަށް ނިންމައިފިއެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފަންޑު ހޯދުމަށް ބާއްވާ މި ފުޑްފެއަރ އޮންނާނީ މި މަހުގެ 18ވަނަ ދުވަހު ހަވީރު އޭދަފުށީ ފުށިފަންނު ޕާކްގައި ކަމަށް ވަފާއިން މައުލޫމާތު ދެއްވައެވެ.

މި މަގްސަދުގައި މިދިޔަ ނޮވެމްބަރު މަހުވެސް ވަފާއިން ވަނީ ވަރަށް ކާމިޔާބު ފުޑްފެއަރއެއް ބާއްވާފައެވެ.

ވަފާ ޖަމިއްޔާ އިން ބުނީ މި ފުޑްފެއަރއަށްވެސް ކުރިން ލިބުނުފަދަ ކާމިޔާބަކަށް އުއްމީދު ކުރާ ކަމަށާއި މި ފެއަރގައިވެސް ތަފާތު ބާވަތް ބާވަތުގެ މީރު ކާތަކެތި ހެޔޮ އަގުގައި ލިބިގެން ދާނެ ކަމުގައެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފާހަގަުރުން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވަފާ ޖަމިއްޔާއިން ނިންމާފައިވާއިރު ގިނަ ބަޔަކަށް ފުުރުސަތު ދިނުމުގެ ގޮތުން ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތް ތައް ބާއްވަން ނިންމާފައިވަނީ އަންނަ އަހަރު މަާޗްގައި ލިބޭ ސްކޫލް ތަކުގެ ފުރަތަމަ ޓާމް ޗުއްޓީގެ ތެރޭގައެވެ.

ކުޅިވަރު އީދެއްގެ ގޮތުގައި އެއްހަފްތާ ވަންދެން މެދުނުކެނޑި ”ރަން ޔޫބީލް އީދު” ކުރިއަށް ގެންދިއުމަށް ވަފާ ޖަމިއްޔާ އިން ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top