އޭދަފުށީގެ ބެޑްމިންޓަން ޓީމެއް މެލޭޝިއާ އަށް

412082584_669800212003129_5302969090367871780_n.jpg

ކްލަބް އޭދަފުށީ ބެޑްމިންޓަން އެކަޑީމީގެ ޓީމެއް އިތުރު ތަމްރީނަށް މެލޭޝިއާ އަށް ފުރައިފި އެވެ.

މިޓީމްގައި ހިމެނޭ އެކި އުމުރު ފުރައިގެ 18 ކުދިންނާއި 4 ކޯޗުން މެލޭޝިއާއަށް ފުރީ ރޭގެ ވަގުތެއްގައެވެ.

އޭދަފުށި ބެޑްމިންޓަން އެކަޑަމީން މައުލޫމާތު ދިންގޮތުގައި އަންނަ ޖެނުއަރީ މަހުގެ 5 އާއި ހަމައަށް މެލޭޝިއާގެ އޭޝިއާ ބެޑްމިންޓަން އެކަޑަމީގައި ކުރިއަށްގެންދާ ޓްރޭނިން ކޭމްޕްގައި މި ކުދިންނާއެކު ކޯޗުން ވެސް ބައިވެރިވާނެ އެވެ.

މިތަމްރީނު ޕްރޮގްރާމްގެ ބޭނުމަކީ، އެ ކުޅުންތެރިންގެ އުމުރުފުރާއިން ގައުމީ ފެންވަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހަދައި އަދި އިންޓަރ ސްކޫލް ޗެންޕިއަންސް ލީގުގައި ސްކޫލް ކުދިންނަށް ރަން މެޑަލް ހޯދުމުގެ ފުރުސަތު ފުޅާކުރުން ކަމަށް އެ އެކަޑަމީން ބުނެއެވެ.

އޭދަފުށީގެ ބެޑްމިންޓަން ކުޅުންތެރިން ބެޑްމިންޓަނުގައި އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރުމަހު އުތުރުގެ އަތޮޅުތަކަށް ހުޅުވާލައިގެން ބެޑްމިންޓަން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ އޭދަފުށީ ބެޑްމިންޓަން ކުޅުންތެރިން ވަނީ ރަންވަނަތަކެއް ހޯދައިފަ އެވެ. މީގެ އިތުރުން މިދިޔަ ނޮވެމްބަރު މަހު މާލޭގައި ބޭއްވި އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުން ވެސް ވަނީ ރަނގަޅު ކާމިޔާބީ އެއް ހޯދައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top