ކައިވެންޏާ ނުލާ ދިރިއުޅުން ފުރިހަމަ ނުވާނެ : ދީޕިކާ

dee.jpg

ބޮލީވުޑްގެ އެންމެ މުއްސަނދި އަދި އެންމެ ރީތި އަދި އެންމެ ކާމިޔާބު ބަތަލާގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ދީޕިކާ ޕަޑުކޯން އާއި ރަންވީރުސިންގ، އެކުގައި ފެންނަތާ ފަސް އަހަރުވީއިރުވެސް އެއީ ރައްޓެހިވެގެން އުޅޭ ބައެއްކަމަކަށް އެއްބަހެއް ނުވެއެވެ. ޕާޓީތަކުންނާއި އާއްމުންގެ ކުރިމަތީގައި ދެމީހުން އަތުގުޅާލައިގެން އުޅުނު ނަމަވެސް ދެމީހުންވެސް ބުނަމުންދަނީ އެކަކީ އަނެކަކަށް ވަރަށް ހާއްސަ މީހެއް ކަމުގައެވެ. އެއަށްވުރެ ކައިރިނުވެވޭ ކަމުގައެވެ.

މިދިޔަ ޖެނުއަރީމަހު ދީޕިކާގެ އުފަންދުވަހު މި ދެތަރިން ދިވެހި ރާއްޖޭގައި އާއަހަރު ފާހަގަކުރިއިރު ރަންވީރު ދީޕިކާގެ އަތުގައި އެޅުވި އަނގޮޓިއެއްއެޅުވިކަން މީޑިއާއަށް ފަޅާއެރުމުން އެކަމާބެހޭ ގޮތުން ނޭހާ ދޫޕިޔާ ހުށަހަޅާ ޝޯއެއްގައި އެވާހަކަ އެހުމުންވެސް އެއީ ކައިވެންޏާގުޅުން ހުރި އަނގޮޓިއެއްކަަމަކަށް ދީޕިކާ އެއްބަހެއް ނުވެއެވެ. އެކަމަކު ފަހުގެ ރިޕޯޓްތައް ޔަގީން ކޮށްދޭގޮތުގައި މި ދެތަރިންގެ ކައިވެނީ މިއަހަރު ނިމުމުގެ ކުރިން ކުރުމަށް ދެފަރާތގެ އާއިލާއިންވެސް އަންނަނީ ތައްޔާރު ވަމުންނެވެ. މިއާއެކު މިހާރުވަނީ ދީޕިކާގެ އާއިލާއިން ، ކައިވެނީގައި ދީޕިކާ އަޅާނެ ސާޅީއާއި ގަހަނާވެސް ގަނެ ކައިވެނީގެ ތާރީޚްވެސް ކަނޑައަޅާފައެވެ.

” މި ކައިވެނި ވާނީ ހަމަޔަގީނުންވެސް ވަރަށް ޕްރައިވެޓް އަދި ހިންދީ ސަގާފަތާއެއްގޮތަށް ކުރެވޭ ކައިވެންޏަކަށް. އަދި ދައުވަތު ދިނުމަށް ހަމަޖެހިފައިވަނީ ގާތް ރަހްމަތްތެރިންނާއި ދެފަރާތުގެ އާއިލާގެ މީހުންނަށް.” މިކައިވެނިވެސް ވެގެންދާނީ އެންމެ ފަހުން ވިރާތު އާއި އަނުޝްކާގެ ކައިވެނި ފަދައިން ގައުމުން ބޭރުގައި ކުރެވޭ ކައިވެންޏަކަށް. ” ޕިންކް ވިލާގައި ބުނެފައި ވެއެވެ.

ކައިވެންޏާބެހޭ ގޮތުން ދީޕިކާ ބުނެފައިވަނީ އެއީ އޭނާގެ ދިރިއުޅުމުގެ އެއްބައިކަމަށާއި އޭނާއަށް ބޭނުން ތެރިކަން ބޮޑުވެފައިވާކަމެއް ކަމުގައެވެ.

“އަހަރެން ބުނާނީ އަމިއްލަ ގެއާ އާއިލާއާ ކައިވެންޏަކީ އަހަންނަށް އެންމެ މުހިއްމު ކަންތައް. މިކަމާނުލާ ދިރިއުޅުން ފުރިހަމައެއް ނުވާނެ. މިއަދު އަހަންނަށް އެނބަފެނޭ  އަހަރެންގެ ދިރިއުޅުމުގައި ހުރި އުނި ކަންތައް. އަނތްބެއްގެ ގޮތުންނާއި މަންމައެއްގެ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް  މިއަދު އެބަ ވިސްނޭ ”

މި ވާހަކަތަކަށް ބަލާއިރު ދީޕިކާ ،ކައިވެނޏާމެދު ވިސްނާކަން ކިތަންމެ ރަނގަޅަކަށްވެސް އެބައެނގެއެވެ. ވީމާ އަހަރު ނިމުމުގެ ކުރިން ކައިވެނި ކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top