ދަހެލީޒް، ނިމެނީ

Harshad-Arora-and-Tridha-Choudhury.jpg

ހަރްޝަދު އަރޯރާއާއި ތްރިދާ ޗައުދަރީ

ސްޓާރ ޕްލަސް އިން ކޮންމެ ރެއަކު 10:00ގައި ގެނެސްދެމުން އަންނަ ޓެލެޑްރާމާ ” ދަހެލީޒް ”  ވަރަށް އަވަހަށް ނިމޭނެ ކަމުގައި އިންޑިއާ ފޯރަމް އިން ބުނެފިއެވެ.

އެ ފޯރަމް އިން ބުނީ މިޝޯވގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 26 ކަމުގައެވެ. އަދި ޝޯވ ނިމިގެންދަނީ އާދޭޝް (ހަރްޝަދު އަރޯރާ ) އާއި ސްވާދީންތާ (ތްރިދާ ޗައުދަރީ ) އާއި ގުޅުން ރަނގަޅުވެ ޖާޔާ ވެސް ސްވާދީންތާގެ ކިބައިން މާފު އެދުމާއެކު ސްވާދީންތާ އެނބުރި ފިރިމީހާގެ ގެއަށް އައުމާއެކު ހެޕީ އެންޑިންގ އެއްގެ ގޮތުގައެވެ.

މި ޑްރާމާ އާބެހޭ ގޮތުން ތްރިދާ ބުނީ މިއަދަކީ ޑްރާމާގެ އެންމެ ފަހު އެޕިސޯޑް ޝޫޓް ކުރާ ދުވަސްކަމާއި 106 އެޕިސޯޑް ހިމެނޭ “ދަހެލީޒް “ގެ އެންމެ ފަހު ޝޫޓީންގ މިއަދު ނިމޭނެ ކަމުގައެވެ.

ހަމަޔަގީނުންވެސް މި ރީތި ޑްރާމާ ނިމުމުންވެސް މި ޝޯގެ މަތިން ހަނދާން ކުރާ އެތައް ބަޔަކު އުޅޭނެއެވެ. އަދި މިކަހަލަ އެހެން ޑްރާމާއެއްގެ އިންތިޒާރުގައި ސްޓާރޕްލަސްގެ ފޭނުން ކެތްތެރިކަމެއްނެތި އެބަތިބިކަމުގައި އިންޑިއާ ފޯރަމްއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top