ހިތާދޫ ސްކޫލްގައި ހަ ކްލާސްރޫމް އަޅަން ބަޔަކާ ހަވާލުކޮށްފި

JRY_9731_resize-1024x683.jpg

ހިތާދޫ ސްކޫލްގައި ހަކްލާސްރޫމް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތު ފޮޓޯ ވަގުތު އިމޭޖަސް

ބ. ހިތާދޫ ސްކޫލްގައި ހަ ކްލާސްރޫމް އެޅުމަށް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަ އަހްމަދު ޝަފީއުއެވެ. ވީއަވަރ އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހަމްދޫން އަނީސް އެވެ.

273 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި ކްލާސްރޫމްތައް  އެޅުމަށް ވީއަވަރ އިންވެސްޓްމަންޓަށް ހަވާލުކޮށްފައިވަނީ 5.1 މިލިއަން ރުފިޔާ އަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޝަފީއު ވިދާޅުވި ގޮތުގައި މި ކްލާސްރޫމްގެ މަސައްކަތް އެއްކޮށް ނިމި 2017 ވަނަ އަހަރުގެ ތެރޭގައި ކްލާސްރޫމް ތައް ބޭނުން ކުރަން ފެށޭވަރު ވާނެއެވެ.

ވީއަވަރ އިން ވެސް ވަނީ އެއްބަސްވެފައިވާ މުއްދަތުގައި މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ޝަފީއު އިތުރަށް ވިދާޅުވީ މި މަޝްރޫއަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ދާ މަޝްރޫއެއްކަމަށާއި ވޯލްޑް ބޭންކްގެ އެހީގައި މިހާރުވެސް 13 ސްކޫލެއްގެ މަސައްކަތް ހިންގުމުގެ ޕްރޮޖެކްޓް ހިމެނޭކަން ޝަފީއު ފާހަގަކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top