ބޭފިކްރޭގައި ރަންވީރު، އިމްރާން ހާޝިމީއަށްވުރެވެސް ކުރީގައި

ranveer-vaani-befikre-759.jpg

ރަންވީރްސިންގއާއި ވާނީކަޕޫރުގެ އަންނަން އޮތް ފިލްމް  “ބޭފިކްރޭ “ގައި 23 ފަހަރު ރަންވީރު، ވާނީކަޕޫރުގެ ތުންފަތުގައި ބޮސްދީފައިވެއެވެ.  މިއީ ތުންފަތުގައި ބޮސްދިނުމުގައި ބޮލީވުޑްގައި އެންމެ ކުރީގައި އުޅޭ އިމްރާން ހާޝިމީއަށްވެސް އާދެވުނު ހިސާބެއް ނޫނެވެ. އަދި މިއީ ބޮލީވުޑްގެ ތާރީޚްގައިވެސް އެއް ފިލްމެއްގައި އެންމެ ގިނަފަހަރު މިގޮތަށް ބޮސްދިނުމުގެ ރެކޯޑް ހޯދާފައިވާ ފުރަތަމަ ފިލްމަށް ވެގެން ހިނގައްޖެކަމުގައި ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ.

ބޭފިކްރޭގެ ޕޯސްޓަރތަކުގައި މި މަންޒަރު ފެންނަން ހުރުމުން ރަންވީރުގެ ލޯބިވެރިޔާ ކަމަށް ބުނާ ދީޕިކާ ޕަޑުކޯން މިކަން ދެކެނީ ކޮން ގޮތަކަށްތޯޯ ރިޕޯޓަރަކު އެހުމުން އެންމެ ފުރަތަމަ އޭނާ ބުނެފައިވަނީ ގައުމުން ބޭރުގައި ގިނަ ދުވަސްތަކަކު އުޅެފައި އައީ މިއަދުކަމަށާއި  އަދި އެޕޯސްޓަރ ނުދެކޭ ކަމުގައެވެ. އެހެންނަމަވެސް މިހާރު އޭގެ ފަހުން ދުވަސްކޮޅެއް ވެފައިވާތީ އަނެއްކާވެސް ރިޕޯޓަރަކު އެސުވާލު ކުރިމަތި ކުރިއެވެ.

” ފިލްމްގެ ސްކްރިޕްޓް އެގޮތަށް ޑީމާންޑްކުރާ ނަމަ ނުވަތަ ފިލްމްގެ ވާހަކަ އޮތީ އެގޮތަށް ކަމަށްވާނަމަ   އެކްޓަރ ޖެހޭނީ އެކަންކުރަން. އޭގަައި އޮތީ ކޮން މައްސަލައެއް؟  ” ދީޕިކާ ބުނީ މިހެންނެވެ. އޭނާ އިތުރަށް ބުނީ ހަމައެގޮތަށް އޭނާވެސް  ކުރީގެ ފިލްމުތަކުގައި އެގޮތަށް ބޮސްދީފާ ހުންނާނެކަމުގައެވެ. އެކަމަކު އެއީ  ޑްރާމާއެއްކަމަށްވާތީ މީހުންވެސް އެއީ ހަގީގީ ދިރިއުޅުމާ ގުޅުން ހުރި ކަމެއްކަމަކަށް ނުދެކޭނެއެވެ.

ދިޕިކާ ބުނީ ހަގީގީ ދިރިއުޅުމާއި ފިލްމްގައި ދައްކުވައިދޭ ތަމްސީލީ ދިރިއުޅުން ވަރަށް ތަފާތުވާނެކަމުގައެވެ. ފިލްމަކީ ޑްރާމާއެކެވެ. އަމިއްލަ ދިރިއުޅުމާއި ޑްރާމާއަކީ މުޅިން ތަފާތު ދެކަމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top