ދަރިންނަށް އިސްލާމީ އަގީދާ ކިޔަވައިދިނުމަކީ އެންމެ މުހިއްމު މަސްއޫލިއްޔަތު: ޚުތުބާ

DSCN2888.jpg

އޭދަފުށީ މަސްޖިދު މުއީނުއްދީން ---އީވީ ފޮޓޯ

ދަރިންނަށް އިސްލާމީ އަގީދާ ކިޔަވައިދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިއްމު މަސްއޫލިއްޔަތު ކަމަށާއި މި މަސްއޫލިއްޔަތު އަދާކުރުމުގައި ބެލެނިވެރިންނާއި ތައުލީމީ މުއައްސަސާތަކުން ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވައިގެން ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ދަރިން ހެޔޮލަފާ މީހުންނަށް ވާނީ ސައްހަ އަގީދާގެ ބިންވަޅު ނެގިގެން ކަމަށެވެ. އަދި މައިންބަފައިން އެމީހުންގެ ދަރިންނާމެދު ފޮނި އުއްމީދުތައް ކުރާ ކަމަށާއި އެދަރިން ދީނީ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތައި ކިޔެވުމުގައި މޮޅު މީހަކަށްވެ، އަމަލީ މައިދާނުގައި, ފައިދާ ކޮށްދޭނެ ކުދިންނަށް ވުމުގެ ފޮނި އުއްމީދުތައް ކުރާ އިރުވެސް މައިން ބަފައިންގެ ތެރެއިން ގިނަ ބަޔަކަށް އެ އުއްމީދުތައް އެދެވޭ ގޮތެއްގައި ހާސިލްވަމުން ނުދާކަމަށް ޚުތުބާގައި ބުންޏެވެ.

ޅަފަތުގައި ކުދިންނަށް ކިޔަވައިދޭން ކުރާ މަސައްކަތްތައް ފާހަގަކޮށް ޚުތުބާގައި ބުނީ ދަރިންގެ ކިޔެވުމަށް އެހާބޮޑެތި ޚަރަދުތަކާއި ދަރިން ތަރުބިއްޔަތުކުރުމަށް ގިނަ މަސައްކަތެއް ކުރާއިރުވެސް އަހަމިއްޔަތުކަން ނުދެވޭ އެއްކަމެއް އެބައޮތްކަމަށާއި، އެކަމަކީ އެކުދިންނަށް އިސްލާމީ އަގީދާއާ ގުޅޭ މައުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

”އަހަރެމެންގެ ދަރިންނަށް އިސްލާމީ އަގީދާ ކިޔަވައިދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ މުހިއްމު މަސްއޫލިއްޔަތެއް. މި މަސްއޫލިއްޔަތު އަދާކުރުމުގައި ބެލެނިވެރިންނާއި ތައުލީމީ މުއައްސަސާތަކުން ފަރުވާކުޑަކޮށްގެން ނުވާނެ“ މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު