ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

IMG_20220214_100535288.jpg

އޭދަފުށީގެ ޕެޓްރޯލް ޝެޑަކުން މީހަކު ޚިދުމަތް ހޯދަނީ

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތެލުގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.33ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 14.62ރ. އަަށެ ކަމަށެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 14،73ރ. އަށް އަށެވެ. ޑީސަލް ލީޓަރެއް ވިއްކީ 15.07ރ. އަށެވެ.

މިއަހަރުގެ މިހާތަނަށް އެސްޓީއޯއިން ތިން ފަހަރަކު ތެލުގެ އަގު ހެޔޮކޮށްފައިވާ އިރު، އެންމެ ފަހުން އަގު ހެޔޮކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

މިދިޔަ ޖޫން މަހުގައި އެސްޓީއޯއިން ޕެޓްރޯލް ލީޓަރަކުން ވަނީ 14 ލާރި އަގުހެޔޮކޮށް، ލީޓަރެއް 14.73 ރުފިޔާއަށް ވިއްކައިފައެވެ. އަދި ޑީސަލް ލީޓަރަކުން 63 ލާރި އަގުހެޔޮކޮށް ޑީސަލް ލީޓަރެއް ވިއްކީ 15.07 ރުފިޔާއަށެވެ.

ތެލުގެ އަގަށް އެސްޓީއޯ އިން ބަދަލު ގެންނަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. މި ވަގުތު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާގެ އަގު އުޅެނީ 73-78 ޑޮލަރާ ދެމެދުގަ އެވެ. މި އަގުތަކުގެ ހަގީގީ އަސަރު އާންމުންނަށް ނުކުރަނީ ސަރުކާރުން ތެޔޮ ސަބްސިޑީ ދޭތީ އެވެ. ތެލުގެ ސަބްސިޑީ އަށް މި އަހަރު ރިޒާވުން އެކަނި ވަނީ 800 މިލިއަން ޑޮލަރު ހޭދަކުރި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top