ޒުވާން ގައުމީ ޓީމްގެ ކެޕްޓަނަކަށް ހައިޝަމް

244702474_10158216677866847_7824868977558982780_n-1.jpg

ސީނިއާ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޭދަފުށީ ގަނދަކޯޅިމާގޭ ހައިޝަމް، އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން މެޗުތަކުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކެޕްޓަން ކަމަށް ހަމަޖައްސައިފި އެވެ.

ހައިޝަމް އަކީ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ބަޔެއް ސަމާލުކަން ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.

ފުޓްބޯޅަ ކޯޗުންނާއި ސަޕޯޓަރުންނަށް ހައިޝަމްގެ ކުޅުން ފާހަގަވާ އެންމެ ބޮޑު ސަބަބަކީ ތަޖުރިބާ މަދު ނަމަވެސް އޭނާގެ ކުޅުމުން އެކަން ނުފެނި އިތުބާރާ އެކު ޕްރެޝަރު މަގާމަކަށް ދައްކާ ކުޅުމުންނެވެ.

އުމުރުން 22 އަހަރުގެ ހައިޝަމް ވަނީ 2017 ވަނަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޮލިފައިންގައި ކުޅެ އެ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ކުޅުނު ޓީމުގައި ހިމެނުނެވެ. އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ފަހު ހައިޝަމް އަންނަނީ ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދަމުންނެވެ. މީގެ އިތުރުން ހައިޝަމް ވަނީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top