ދެވަން ސޫރަ އޭދަފުއްޓަށް

Dhevansoora-800x445.jpg

ދިވެހި ފިލްމްސްޓާރ ޔޫސުފް ޝަފީއު ޑައިރެކްޓް ކޮށްފައިވާ ދިވެހި ފިލްމް ”ދެވަން ސޫރަ” އަންނަ ހަފްތާގެ ބުރާސްފަތިދުވަހުގެ ރޭ އޭދަފުށީގައި ދައްކާނެ ކަމަށް ކްލަބް ދަ ބިގިނާސް (ޓީބީ)އިން ބުނެފިއެވެ. “ޓީބީ”  އަކީ ފަހަކަށްް އައިސް ނުކުންނަ ދިވެހި ފިލްމްތައް އޭދަފުށީގައި ދައްކަމުން އަންނަ އޭދަފުށީގެ ޖަމިއްޔާއެކެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ މާލޭގައި ޕްރިމިއާކުރި “ދެވަންސޫރަ” ދައްކާނީ އޭދަފުށީ މަލްޓޕާޕަސް ބިލްޑިންގގެ ހޯލްގައެވެ. މި ފިލްމްގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާ ކަމަށް ޓީބީ އިން މައުލޫމާތު ދެއެވެ. ޓިކެޓް ހޯއްދެވުމަށް ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ.

ދިވެހި ފިލްމް ދެވަން ސޫރައަކީ ސިއްރު މަރެއްގެ ހަގީގަތް ހޯދުމަށް ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ސަސްޕެންސް ތުރިލާއެކެވެ. ފިލްމްގެ ވާހަކަ ލިޔެ ޑައިރެކްޓް ކޮށްފައިވަނީ މި ފިލްމްގެ ލީޑް ރޯލެއްގެ ބައިވެސް އަދާކުރާ ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ.

ޔޫއްޕެގެ އިތުރުން ފައިސަލް އާއެކު ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)އާއި ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ސައީދު،  އިބްރާހީމް ޖިހާދު (ޖިމީ)، ޖާދުﷲ އިސްމާއީލް (ޖާދު)، އަދި އަހުމަދު އީސަ (އާނަންދު) ހިމެނެއެވެ. ފިލްމްގެ ބަތަލާއަކީ އަލަށް ތައާރަފުވާ މަރިޔަމް ޝިފާއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top