ހަޕްސެން ކްރީމް ކޭކަރު ބިސްކޯދުން ކެންސަރަށް މަގުފަހިވޭ ؟!

201079501_248764263720015_6222428181014256020_n.jpg

މެލޭޝިއާގައި އުފައްދާ ބައެއް ބްރޭންޑްތަކުގެ ކްރީމް ކޭކަރު ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާތައް ފެނިފައިވާކަމަށް ހޮންގް ކޮންގްގައި ހެދި ދިރާސާއަކުން ދައްކާފައިވާތީ އެކަން ބެލުމަށް މެލޭސިއާ ސަރުކާރުން ނިންމައިފިއެވެ.

މީގެ ތެރޭގައި ދިވެހިން ބޭނުން ކުރަމުން އަންނަ ހަޕްސަން ކްރީމް ކޭކަރު ބިސްކޯދު ވެސް ހިމަނާފައިވެއެވެ.

ހޮންގް ކޮންގްގެ ކޮންޒިއުމާ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަހުލީލު ކުރި 60 އަށްވުރެ ގިނަ ބިސްކޯދު ޕެކެޓުގައި ގްލައިސިޑޯލްއާއި އެކްރިލަމިޑް ފަދަ ކެންސަރަށް މަގުފަހި ކުރުވާ މާއްދާތައް ފެނިފައިވާ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ބިސްކޯދު ޕެކެޓުތަކުގެ 40 ޕަސެންޓް ޕެކެޓުތަކުގައި ޖަހާފައިވާ ނިއުޓްރިޝަން ލޭބަލްއަކީ ނުބައި މައުލޫމާތާއެކު ޖަހާފައިވާ ލޭބަލްތަކެއް ކަމަށެވެ.

އަދި އެ ކައުންސިލަށް ވަނީ ތަހުލީލުކުރި އުފެއްދުންތަކުގެ 40 އިންސައްތަ ޕްރޮޑަކްޓްތަކުގައި ނިއުޓްރިޝަން ލޭބަލް އޮޅުވާލާފައިވާކަން ސާބިތުވެފައެވެ.

އެހެންނަމަވެސް މެލޭޝިއާގެ ފުޑް ސޭފްޓީ އެންޑް ކޮލިޓީ ޑިވިޝަނުން ކުރިތަހުގީގަށްފަހު ނެރުނު ބަޔާނެއްގައި ވަނީ ހަޕްސެންގެ ފެކްޓްރީ އިމާރާތުގައި އެޗްއޭސީސީޕީ (ހަޒާޑް އެނަލިސިސް އެންޑް ކްރިޓިކަލް ކޮންޓްރޯލް ޕޮއިންޓް) އަދި ކޭކޭއެމް (މެލޭޝިއާގެ ހެލްތު މިނިސްޓްރީ) ސެޓްފިކެޓް ތައް ހުރި ކަމަށެވެ. އަދި އެ ކުންފުނީގެ ގޯތިތެރެ ބަލައި ހޯދުންތައް ހޯދަމުންދާ ކަމަށް ބުނެފައި ވެއެވެ.

ހަޕްސެންއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، މެލޭޝިއާގައި އުފައްދާ އަދި މާކެޓް ކުރާ ހާއްސަ ކްރީމް ކޭކަރަކީ ގަވާއިދުތަކާއި ކޮލިޓީ ސްޓޭންޑަޑްތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ އެއްޗެއްކަން ހާމަކޮށްފައެވެ. އަދި އިންސާނުން ކެއުމަށް ރައްކާތެރި އެއްޗެއް ކަަމަށްވެސް ބުނެފައި ވެއެވެ. —ދަ ސްޓްރެއިޓް ޓައިމްސް

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top