ފުޓްސަލް މުބާރާތް ކުޅެނިކޮށް ދަނޑަށް ވެއްޓުނު ޕޮލިސް ކޮމާންޑަރު ނިޔާވެއްޖެ

315340_3_2df5b7a6446b0944f61deabc3b93bcb8a3790b5f_large.jpg

ހާޓް އެޓޭކެއް ޖެހިގެން ނިޔާވި ޗީފް އިންޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމް.

އޭދަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާ ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި”ހަށިހެޔޮ ފުޓްސަލް މުބާރާތް“ ހުޅުވި މެޗުގައި ކުޅެން އަރާ ހުއްޓާ ދަނޑަށް ވެއްޓުނު ފުލުހުންގެ ނޯތު ޑިވިޝަނުގެ ކޮމާންޑަރު، ބ.ހިތާދޫ އުރަހަ، އިސްމާލް ނަދީމް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ އެވެ.

ނަދީމް ދަނޑުމައްޗައް ވެއްޓުމާއެކު ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައީ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.

އެކަމަކު ހާލު ސީރިއަސްވެ ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ރަނގަޅު ނުވެ ނިޔާވީ މިރޭ ހަތްގަޑިބައި އެހާކަށްހައި އިރެވެ.

އިސްމާއިލް ނަދީމު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އީވީއަށް މައުލޫމާތު ލިބިފައި ވެއެވެ.

ނަދީމް ނިޔާވުމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޚިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ނިންމަވައި އެކަން އަންގަވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top