މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފި

FenakaFiyes.jpg

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު އަނެއްކާވެސް މަތިކޮށް، މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް މިއަދު ބޮޑުކޮށްފިއެވެ.

މިއީ މަސް ކިލޯއެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކުރިތާ 48 ގަޑިއިރުވެސް ނުވަނީސް ގެނައި ބަދަލެކެވެ.

މިފްކޯއިން ކޮންމެ ދުވަހަކު އާންމުކުރާ މަސް ގަންނަ އަގުތަކުގެ ތަފުސީލަށް ބަލާއިރު، މީގެ ދެ ދުވަސް ކުރިން އެ ކުންފުނީގެ ހުރިހާ ބަނދަރަކުންވެސް ކަޅުބިލަމަސް ގަންނަމުން ދިޔައީ ކިލޯއެއް 18.50 ރުފިޔާ އަށެވެ. ނަމަވެސް މިއަދުން ފެށިގެން މި އަގު ވަނީ 20 ރުފިޔާއަށް އުފުލިފައެވެ.

މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކަޅުބިލަމަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަކަށް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މިފްކޯއިން ބުނާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި މަސް ލިބޭ މިންވަރަށް ބަލައި ކޮންމެ ދުވަހަކުވެސް އަގުތަކަށް ބަދަލު ގެނެއެވެ. އެހެންނަމަވެސް، މަސްވެރިންނަށް ލިބޭ އަގު ހިފެހެއްޓުމުގެ ގޮތުން މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމުގައި އެ ކުންފުނީގެ އުސޫލުގައި ކަނޑައަޅާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top