އޭދަފުށީ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރަކަށް ތޮލާލް ހަމަޖައްސަވައިފި

viber_image_2024-02-07_08-42-34-393.jpg

ފެނަކަ އިން ހިންގާ އޭދަފުށީ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރުކަމުގެ މަގާމަށް އޭދަފުށީ ކައުންސިލްގެ ކުރީގެ ރައީސް ތޮލާލް އަބްދުއްރަހްމާން ހަމަޖައްސަވައިފިއެވެ.

މިވަގުތު ޕީޕީއެމް ޕީއެންސީ އޭދަފުށީ ދާއިރާގެ ސްޓިއަރިން ކޮމެޓީގެ ރައީސްގެ މަގާމުވެސް އަދާކުރައްވަމުން އަންނަ ތޮލާލް، ސްޓޭޝަން މެނޭޖަރެއްގެ ވަޒީފާއަށް މިއަދު ނުކުންނެވުމުން އާ ސްޓޭޝަން މެނޭޖަރަށް އިންޖީނުގޭގެ މުވައްޒަފުން ވަނީ ހޫނު މަރުހަބާ އެއްވެސް ކިޔާފައެވެ.

އާސަރުކާރާއެކު، އޭދަފުށީ އިންޖީނުގެއަށް އާ ސްޓޭޝަން މެނޭޖަރެއް ހަމަޖެއްސެވިއިރު، މިދިޔަ މަހު ބ. އަތޮޅު ހޮސްޕިޓަލަށްވެސް ވަނީ އާ މެނޭޖަރެއް ހަމަޖައްސަވާފައެވެ. އެމަގާމަށް ހަމަޖެއްސެވީ އޭދަފުށީ ސަކީނާމަންޒިލް މުހައްމަދު ޝަކީލެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top