” ބައެއް ގައުމުތަކުގެ އެހީއާ ނުލައި ރާއްޖެއަށް ކުރިއަށްދެވޭނެ“

332038_88805032-6.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ:ރައީސް އޮފީސް

ބައެއް ގައުމުތަކުގެ އެހީއާ ނުލައި ރާއްޖެއަށް ކުރިއަށްދެވޭނެ ކަމަށާއި އެކަން ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައި ސާފުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

”އަޅުގަނޑުމެންނަކީ އަމިއްލަވަންތަ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި، އެހެން ބައެއް ފަރާތްތަކުގެ އެހީތެރިކަމާ ނުލާ ކުރިއަށްދެވޭވަރުގެ ގައުމެއްކަން އަޅުގަނޑުމެންގެ ޓީމުން ސާބިތުކޮށްދޭނެ،” ރައީސް ވިދާޅުވި އެވެ.

އެކަމުގެ ތަފްސީލަށް ނުގޮސް އެމަނިކުފާނު ވިދާޅުވީ ކަމުގެ ބާވަތުން ހަގީގަތް ދަންނަވާލަން މިވަގުތު ދަތި ކަމަށެވެ. ބެލެވޭ ގޮތުގައި ރައީސް އިޝާރާތް ކުރައްވަނީ އަވަށްޓެރި އިންޑިއާގެ އެހީއާ ނުލާ ކުރިއަށް ދެވޭނެ ވާހަކަ އެވެ. ސަރުކާރުން ވަނީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top