ރޯދަ އިނާޔަތް އަންނަ ހޯމަދުވަހު ދޭން އަންގައިފި

photo6312246622876183043-1.jpg

މިއަހަރުގެ ރޯދަ އިނާޔަތް އަންނަ ހޯމަދުވަހު ދޭން ސަރުކާރުގެ އޮފީސްތަކަށް ފިނޭންސް މިނިސްޓްރީން އަންގަވައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނަނީ މި އަހަރު ވެސް ރޯދަ އެލަވެންސްގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000 ރުފިޔާ ދޭން ޖެހޭނެކަން ހަނދާންކޮށްދޭ ކަމަށާއި އެއް ވަޒީފާއަށް ވުރެ ގިނައިން ވަޒީފާ އަދާކުރާ ނަމަ އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަނި ކަމަށެވެ.

ގާނޫނަށް ގެނެސްފައިވާ އިސްލާހާއި އެއްގޮތަށް ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ރޯދަ މަހު ޕޭ ލީވް އަދި ނޯޕޭގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭކަށް ނުޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޗުއްޓީ ނިންމާފައި ރޯދަމަހު ވަޒީފާއަށް ނުކުންނަށް ފަށައިފިނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދު ބަލައި އެލަވަންސްގެ ގޮތުގައި ދޭން ޖެހޭނީ އެ އަދަދު ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރޯދަ މަހު ވަޒީފާއިން މުވައްޒަފަކު ވަކިވާ ނަމަ އެ މުވައްޒަފަކު ވަކިވާ ތާރީހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދެއް ބަލައި އެ ފައިސާ އަނބުރާ ހޯދަން ވެސް ސަރުކާރުގެ އޮފީސްތަކަށް ފިނޭންސުން ވަނީ އަންގައިފަ އެވެ.

ފިނޭންސުން ބުނީ ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކުރާ އޮފީސްތަކުން މާދަމާ ރޯދަ އިނާޔަތުގެ ވައުޗަރުތައް ޕޯސްޓް ކުރަން ޖެހޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top