”ބިގް ބޮސް14“ ޝޯ މިރޭ ފަށަނީ.

ކަލާސް ޓީވީ އިން ގެނެސްދެމުން އައި މަޝްހޫރު ޝޯ، ”ބިގްބޮސް” ގެ 14ވަނަ ސީޒަން މިރޭ  ދައްކަން ފަށާނެއެވެ.

ބިގްބޮސްގެ ކުރީގެ ޝޯތަކަކީ ބެލުންތެރިން ޝައުގު ވެރިކަމާއެކު ބަލަމުން ގެންދިޔަ ޝޯ ތަކެއް ކަމަށް ވިޔަސް މި ފަހަރުގެ ޝޯއަށް އެވަރުގެ ތަރުހީބެއް ނުލިބޭނެކަމަށް ޚަބަރު ތައް ބުނެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ، ބިގްބޮސްގެ އެހެން ސީޒަން ތަކުގައި ބައިވެރިންގެ އަދަދު 15-16 ގައި އުޅޭ އިރު މިފަހަރުގެ ސީޒަންގައި ގޭގައި ތިބޭނީ 11 ތަރިން ކަމަށަވުމެވެ. އެގޮތަށް ބިގް ބޮސް ޓީމުން ނިންމާފައިވަނީ ކީއްވެގެންކަން އަދި ހާމަކޮށްފައި ނުވިޔަސް މިރޭގެ އެޕިސޯޑުގައި އޭގެ ސަބަބު މި ޝޯ ހުށައަޅާ ސަލްމާންޚާން ހާމަކުރާނެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ކުރިޔަށް ގެންގޮސްފައިވާ ޕޯލްތަކުގެ ނަތީޖާ ދައްކާ ގޮތުގައި 60 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ މިފަހަރުގެ ޝޯ ނުބަލާނެ ކަމަށް ބުނެފައެވެ.

މިފަހަރުގެ ސީޒަނަށް އާންމުންގެ މަގުބޫލުކަން ނެތް ސަބަބު ތަކުގެ ތެރޭގައި އިންޑިއާގެ ގައުމީ ކްރިކެޓް ލީގު ފެށުން ހިމެނެ އެވެ. ކްރިކެޓް މެޗުތައް ދައްކާ ގަޑިއާއި ދިމާވާ ރޭ ތަކުގައި ބިގް ބޮސް ނުބަލާނެ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

މިފަހަރުގެ ސީޒަން ފަށާއިރު ކޯވިޑް 10 ގެ ސަބަބުންވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރެއިން ޝޯގައި ބައިވެރިވާ ފަރާތްތަކުން ޝޯ ފެށުމުގެ 14 ދުވަސް ކުރިން ވަނީ ކަރަންޓީނު ކޮށްފައެވެ. އަދި މިފަހަރުގެ ސީޒަންގައި ކޮންމެ ހަފްތާއަކުވެސް ކޯވިޑް 19 އަށް ޓެސްޓު ކުރާނެ ކަމަށްވެސް ޝޯގެ ޓީމުން ކުރިން ވަނީ ބުނެފައެވެ.

މިދިޔަ ސީޒަނުން ފެނުނު ބައެއް ތަރިން މި ސީޒަން ފަށާއި އިރު ދެ ހަފްތާއަށް ގޭގައި ތިބޭނެ އެވެ.  އޭގެ ތެރޭގައި ހިމެނެނީ، ގޯހަރު ޚާން، ހީނާ ޚާން އަދި ޝިދާތް ޝުކްލާ ހިމެނެއެވެ.  މި 3 ތަރިންނަކީ ގޭގައި އުޅެންވާ ގަވާއިދުތައް އަންގައިދޭނެ މީހުން ކަމަށް ބިގްބޮސް ޓީމުން މައުލޫމާތު ދެއެވެ.

ބިގްބޮސް ސީޒަން 14ގެ ފުރަތަމަ އެޕިސޯޑު ދައްކަންފަށާނީ މިރޭ 20:30 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top