ޕައިލެޓްކޯހަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

timthumb.php_1.jpg

އައްޑޫސިޓީ ގަން އިންޓަނެޝަނަލް އެއަރޕޯޓްގައި ހިންގަމުން އަންނަ  އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް ސްކޫލްގައި ޕައިލޮޓުން އުފެއްދުމުގެ ކޯހަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ސެޕްޓެމްބަރމަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހާ ބެހޭ ގޮތުން އެ ސްކޫލުން ބުނެފައިވަނީ ކޯހުގައި ބައިވެރިވުމަށް 10އާއި 15 އާއި ދެމެދުގެ އަދަދަކަށް ފުރުސަތު އެބައޮތްކަމުގައެވެ.

މި ފްލައިންގ ސްކޫލުން ކުރިއަށް ގެންދަނީ ދެކޯހެކެވެ. އެއީ ޕައިލެޓް ޓްރޭނިންގ ކޯހާއި، ފްލައިންގ އިންސްޕެކްޓަރ ޓްރޭނިންގ ކޯހެވެ. މީގެ ތެރެއިން ޕައިލެޓް ޓްރޭނިންގެ ކޯހުގައި މިހާރުވެސް 133 ދަރިވަރުން ކިޔަވަމުން ދާކަމަށް އެސްކޫލުން ބުނެއެވެ.

ސްކޫލުން ބުނީ އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 90 ކުދިންނަކީ ދިވެހި ޒުވާނުންކަމަށާއި ބާކީ ތިބި ދަރިވަރުންނަކީ އިންޑިއާއާއި ޕާކިސްތާނާއި ސްރީލަންކާގެ ކުދިންކަމުގައެވެ.

އައްޑޫ ފްލައިން ސްކޫލުން ހިންގާ ކޯސްތަކަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ކޯސްތަކެކެވެ.

އައްޑޫ ފްލައިންގ ސްކޫލުން ދިވެހި ދަރިވަރުންގެ އަތުން ނަގަނީ 46380 ޑޮލަރުގެ ފީއެކެވެ. މިއީ މަހުންމަހުން އެކި ބައިބަޔަށް ބަހާލައިގެން ދެއްކޭގޮތަށް އޮންނަ ފީއެކެވެ.

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top